ހުރިހާ އެންމެން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ ވެކްސިން ޖެހުން އީދު ބަންދަށް މެދުކަނޑާލުމަށްފަހު މިއަދު އަލުން ކޮވިޝީލްޑާއި މުޅިން އަލަށް އެސްޓްރާޒެނެކާ ވެކްސިން ޖަހަން ފެށުމާ ދިމާކޮށް ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް ވިދާޅުވީ، ދިރިއުޅުން އާންމު ހާލަތަށް ގެންދެވެން އޮތް ހަމައެކަނި ގޮތަކީ ވެކްސިން ފުރިހަމަކުރުން ކަމަށެވެ.
އާއިލާ އަދި މުޖުތަމައުގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ހުރިހާ އެންމެންވެސް ވެކްސިންގެ ޖަހަން ރައީސްގެ ޓްވީޓް ނިންމަވާލައްވަމުން ބާރު އެޅުއްވިއެވެ.
https://twitter.com/ibusolih/status/1421327809838948355
ރާއްޖޭގައި ވެކްސިން ޖެހުމުގެ ކެމްޕޭނު ފަށާފައި މިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. ވެކްސިން ކެމްޕޭނު އިތުރަށް ފުޅާކޮށް ސަރުކާރުގެ ރާއްޖޭގައި އުޅޭ އެންމެންގެ ތެރެއިން ވެކްސިން ޖަހާ އުމުރުގެ 90 އިންސައްތަ މީހުންނަށް އަންނަ މަހުގެ ނިޔަލަށް، ވެކްސިން ޖަހައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް