އައިޝްވާރިޔާ ރާއީ ބަޗަން މަޝްހޫރުވެފައިވަނީ ހަމައެކަނި އޭނާގެ ރީތި ކަމުގެ ސަބަބަކުން ނޫނެވެ. އޭނާގެ ހިތްހެޔޮކަމާއި ރަނގަޅުކަމުގެ ސަބަބުންވެސް އޭނާ އަށް މީހުން ކުރާ ގަދަރު ކުޑައެއް ނޫނެވެ. އޭޝް އާއި އެކު ޖޯދާ އަކްބަރު ފިލްމުގައި މަސައްކަތްކުރި ސޯނޫ ސޫދްވެސް ވަނީ އޭނާގެ ރަނގަޅުކަމާއި ހިތްހެޔޮ ކަމަށް ތައުރީފް ކޮށްފައެވެ.
ސޯނޫ ވަނީ ބަޗަން އާއިލާގެ 3 މެމްބަރުންނާއި އެކުވެސް ފިލްމުތަކުގައި މަސައްކަތްކޮށްފައެވެ. އެއީ އަމީތާބާއި، އަބީޝެކް އަދި އައިޝްވާރިޔާ ބަޗަންއެވެ.
ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއު އެއްގައި ސޯނޫ ވަނީ އައިޝްވާރިޔާ އޭނާއަށް ކުރި ތައުރީފެއްގެ ވާހަކަ ދައްކާފައެވެ. ސޯނޫ ބުނީ ފިލްމު ޝޫޓިންގްގައި ސީނަކަށްފަހު އައިޝްވާރިއާ ސޯނޫގެ އަމަލްތައް ހަނދާންކޮށްދެނީ އޭނާގެ ބައްޕަގެ ސިފަތައް ކަމަށް ބުނެފައެވެ.
ސޯނޫ ބުނީ އޭނާ ބަޗަން އާއިލާގެ އެންމެނާ އެކުވެސް މަސައްކަތްކުރީ ވަރަށް ހިތްހަމަ ޖެހިގެން ކަމަށެވެ. ބުއްޑާ ހޯގާ ތޭރާ ބާޕްގައި ސޯނޫގެ ބައްޕަ އަކީ އަމީތާބެވެ. ޔޫވާގައި ސޯނޫގެ ބޭބެ އެއްގެ ރޯލު އަބީޝެކް ކުޅެފައިވާ އިރު، ޖޯދާ އަކްބަރުގައި އައިޝްވާރިޔާ އަކީ ސޯނޫގެ ކޮއްކޮއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް