މިއަދު ރާއްޖެ އަންނަ މީހުން ހެލްތު ޑިކްލަރޭޝަން ފޯމް ފުރަން ނުޖެހޭ

މިއަދު ރާއްޖެ އަންނަ މީހުން ހެލްތު ޑިކްލަރޭޝަން ފޯމް ފުރަން ނުޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ. އިމިގްރޭޝަނުން ބުނީ ހެލްތު ޑިކްލަރޭޝަން ފޯމް ފުރަން ނުޖެހޭ ގޮތް ހެދީ އިމިގްރޭޝަންގެ އޮންލައިން ސި...

31 Jul 2021 | 05:40

މިއަދު ރާއްޖެ އަންނަ މީހުން ހެލްތު ޑިކްލަރޭޝަން ފޯމް ފުރަން ނުޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ހެލްތު ޑިކްލަރޭޝަން ފޯމް ފުރަން ނުޖެހޭ ގޮތް ހެދީ އިމިގްރޭޝަންގެ އޮންލައިން ސިސްޓަމަށް މައްސަލައެއް ދިމާވެ، އޮންލައިންކޮށް އެހިދުމަތް ހޯދަން ދަތިތަކެއް ކުރިމަތިވެފައި ވުމުން ކަމަށާއި މި މައްސަލަ ހައްލުވާނެ ކަމަށް ބޮޑަށް ބެލެވެނީ މާދަމާ ކަމަށެވެ.

މިއަދު ރާއްޖެ އަންނަ މީހުން ވެސް ކޯވިޑް-19 އަށް ޓެސްޓްކޮށް 96 ގަޑިއިރު ހަމަނުވާ ޓެސްޓެއްގެ ނައްސި ނަތީޖާ ގެންނަން ޖެހޭނެ ކަމަށާއި ކޯވިޑް ޓެސްޓްގެ ނަތީޖާ ޗެކް ކުރާނީ އެއާޕޯޓުން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ހެލްތު ޑިކްލަރޭޝަން ފޯމް އޮންލައިންކޮށް ފުރުމުގެ އިންތިޒާމް ހަމަޖެއްސިއިރު ދިވެހި ބަހާއި އިންގިރޭސި ބަހުގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރްތްކުރާ ޤައުމުތަކުގެ ބަހުރުވަތަކުން ފޯމު ފުރުން އިޚްތިޔާރު ކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް