އިންޓަނެޓާއި ގުޅޭ ޝަކުވާތައް ހުށަހެޅުމަށް ހޮޓްލައިނެއް

ރާއްޖޭގެ އިންޓަނެޓާއި ގުޅުންހުރި ޝަކުވާ ހުށަހެޅުމަށް ސަރުކާރުން ހޮޓްލައިން ނަމްބަރެއް ކަނޑައަޅައިފި އެވެ. ސަރުކާރުގެ "ނެޓު ހެޔޮ" މަޝްރޫއުގެ ބޭނުމަކީ ޖުމުލަކޮށް އިންޓަނެޓްގެ މުޅި ހިދުމަތް ރަނގަޅުވުން ކ...

31 Jul 2021 | 05:11

ރާއްޖޭގެ އިންޓަނެޓާއި ގުޅުންހުރި ޝަކުވާ ހުށަހެޅުމަށް ސަރުކާރުން ހޮޓްލައިން ނަމްބަރެއް ކަނޑައަޅައިފި އެވެ.

ސަރުކާރުގެ "ނެޓު ހެޔޮ" މަޝްރޫއުގެ ބޭނުމަކީ ޖުމުލަކޮށް އިންޓަނެޓްގެ މުޅި ހިދުމަތް ރަނގަޅުވުން ކަމަށާއި އެހެންވެ، އެ ހިދުމަތާ ގުޅޭ އެއްވެސް ޝަކުވާއެއް އޮތް ނަމަ 1515 އަށް ގުޅައި، އެކަން ސަރުކާރާ ހިއްސާ ކުރަން އެދޭ ކަމަށް ރޭ އެންވަޔަރުމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ.

https://twitter.com/MoEnvmv/status/1421123844182470659

މި މަހުން ފެށިގެން އިންޓަނެޓް ޕެކޭޖުތަކުގެ އަގު ހެޔޮކޮށް ސްޕީޑް ވަނީ އަވަސް ކޮށްފަ އެވެ.

އިންޓަނެޓްގެ އަގު ހެޔޮކުރަން ސާވިސް ޕްރޮވައިޑަރުންނާއިއެކު ސަރުކާރުން ވެފައިވާ އެއްއެއްބަސްވުމަކީ ކުރިއަށް އޮތް ފަސްއަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އިތުރު ސާވިސް ޕްރޮވައިޑަރެއް ނުގެނައުމެވެ. ނަމަވެސް މިސަރުކާރު ފެށުނު ފަހުން އިތުރު ސާވިސް ޕްރޮވައިޑަރެއް ރާއްޖެ ގެންނަ ވާހަކަ އޮތީ ވަރަށް ބޮޑަށް ދެކެވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް