ކޯވިޑް-19 ވެކްސިން އެނގެނީ ކިހާވަރަކަށް؟

ކޯވިޑް-19 ވެކްސިން އަކީ ކޯވިޑް-19 ޖައްސާ ވައިރަސްކަމުގައިވާ ނޮވެލް ކޮރޯނާވައިރަސް (SARS-CoV-2) އިން ރައްކާތެރިވުމަށް އިންސާނާގެ ދިފާއީ ނިޒާމު ތައްޔާރުކޮށްދޭ އެއްޗެކެވެ. ކޯވިޑް-19ގެ ބަލިމަޑުކަމަކީ ޞިއް...

31 Jul 2021 | 05:02

ކޯވިޑް-19 ވެކްސިން އަކީ ކޯވިޑް-19 ޖައްސާ ވައިރަސްކަމުގައިވާ ނޮވެލް ކޮރޯނާވައިރަސް (SARS-CoV-2) އިން ރައްކާތެރިވުމަށް އިންސާނާގެ ދިފާއީ ނިޒާމު ތައްޔާރުކޮށްދޭ އެއްޗެކެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމަކީ ޞިއްޙ،ީ އިޖްތިމާއީ އަދި އިޤްތިޞާދީ އެތައް ގެއްލުމެއް މުޅި ދުނިޔެއަށް ކުރިމަތިކުރުވަމުންދާ ކާރިސާއެކެވެ. ކުރިން ސިއްހަތު ރަނގަޅަށް ތިބި އެކި އުމުރުފުރައިގެ މީހުންވެސް ދަނީ މިބަލީގެ ސަބަބުން ޞިއްޙީ ބޮޑެތި މައްސަލަތަކާ ކުރިމަތިލަމުންނެވެ. މި ބަލިން ސަލާމާތް ވުމުގެ އުންމީދު ބޮޑ،ީ ރައްކާތެރި އަދި ރަނގަޅު ވެކްސިނެއް ޖެހުމުންނެވެ. އެންމެ ފުރަތަމަ ވެކްސިން ޖެހުން އެންމެ މުހިންމު މީހުންގެ ތެރޭގައ،ި ސިއްޙީ ހިދުމަތްތެރިންނާއި މި ބަލީގެ ނުރައްކާ  އެންމެ ބޮޑު މީހުންކަމުގައިވާ އުމުރުން ދުވަސްވީ މީހުން އަދި ދާއިމީ ބަލިތައް ތަޙައްމަލު ކުރާ މީހުން ހިމެނެއެވެ .ކޯ

ކޯވިޑް-19 ވެކްސިން އުފެއްދުމުގެ މަރުޙަލާގައި އޭގެ ރައްކާތެރިކަން ކަށަވަރުކުރަނީ ކިހިނެއް؟

އެހެނިހެން ވެކްސިންތަކެކޭ ވެސް އެއްފަދައިން މި ވެކްސިންގެ ރައްކާތެރިކަން ވަނީ ވެކްސިން އުފެއްދުމުގެ މަރުޙަލާގައި ކަށަވަރުކޮށްފައެވެ. ޒަމާނުއްސުރެ ވެކްސިން އުފެދުމުގައި އަމަލުކުރާ އުސޫލުގެ ދަށުނ،ް މިވެކްސިންވެސް 3 މަރުހަލާއެއްގައި ވަނީ ޓެސްޓުކޮށްފައެވެ. އަދި ކޮންމެ މަރުހަލާއެއްގައި މި ވެކްސިން ޖެހި މީހުންގެ އަދަދު އެހެން ވެކްސިންތަކެކޭ އެއްފަދައިން ހަމަހަމައެވެ.

ކޯވިޑް-19 ވެކްސިން ގަތުމަށް ޚަރަދުކުރާނީ ކޮންފަރާތަކުން؟

ދިވެހި ރާއްޖެއަށް ގެންނަ ވެކްސިން ދިވެހި ރައްޔިތުން އަދި ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެއްވެސް އަގަކާނުލައެވެ .

ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހިރާއްޖެއިން އަޅާ ފިޔަވަޅުތަކަކީ ކޮބާ؟

ދިވެހިރާއްޖޭގައި ބޭނުންކުރެވޭނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބަލައި އޭގެ ރައްކާތެރިކަން ކަށަވަރުކޮށް ހުއްދަ ދީފައިވާ ވެކްސިން ތަކެެެެވެ. ކޮންމެ ވެކްސިނެއްވެސް ރައްކާކޮށް ފޯރުކޮށްދިނުމުގައި އެ ވެކްސިނެއް ބަހައްޓަންޖެހޭ ފިނިހޫނުމިން (ކޯލްޑް ޗެއިން) ބެލެހެއްޓޭނެއެވެ. މީގެ އިތުރުން ވެކްސިން ރައްކާކޮށް ބެލެހެއްޓުމުގެ ނިޒާމު ފުޅާކުރުމުގެ މަސައްކަތް ދުނިޔޭގެ ޞިއްހަތު ޖަމުއިއްޔާއާއި ޔުނިސެފްގެ އެހީގައި ދަނީ ކުރަމުންނެވެ.

އޭ.އީ.އެފް.އައި މޮނިޓަރިންގ: ވެކްސިންޖެހުމުގެ ސަބަބުން ނޭދެވޭ އަސަރެއް ހަށިގަނޑަށް ކުރިތޯ ބެލުމަށް ވެކްސިން ޖަހާފައިވާ ފަރާތްތައް ވަކިވަކިން މޮނިޓަރ ކުރަމުންގެންދާނެއެވެ. އަދި މިގޮތުން ކުރިއަށް ގެންދާ މޮނިޓަރިންގ ކުރިއަށް ގެންދާނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށެވެ .

ކޯވިޑް-19 އަކީ ބަލިމަޑުކަމެއްކަމަށް ކަނޑައެޅުނު ފަހުން ވެކްސިން އުފެއްދުމުގެ މަސައްކަތް ފެށިފައިވަނީ ކީއްވެ؟

ވެކްސިނެއް ތައްޔާރުކުރެވޭނ،ީ ބަލި ޖެހުމަށް މެދުވެރިކުރުވާ އެއްޗަކީ ކޮބައިކަން ދެނެގަނެވުމުންނެވެ. 2-SARS-CoV އަކީ މީގެ ކުރިން ފެނިފައި ނުވާ އައު ވައިރަހެއްކަމުނ،ް ކޯވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންކުރާނެ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފެށޭނ،ީ މި ވައިރަސް (CoV-SARS-2) ދެނެގަނެ އޭގެ ޖެނެޓިކް ހަގީގަތް ބަލާ ދިރާސާކުރުމަށް ފަހު އެވެ. އެހެންނަމަވެސް،މި ވެކްސިންތައް އުފެއްދުމުގައިވެސް ވެކްސިން ތައްޔާރުކުރުމުގެ ތަޖުރިބާއާއި ޓެކްނޮލޮޖީ ބޭނުންކުރެވެއެވެ .

މި ވެކްސިން ޖަހަން މަޖުބޫރުތަ ؟

މި ވެކްސިން ޖެހުން މަޖުބޫރެއް ނޫނެވެ. ވެކްސިންޖެހުމުގެ ސަބަބުން ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު އެހީއަކަށް ވާނެއެވެ. ގިނަ ބަޔަކު މި ވެކްސިން ޖަހައިފިނަމ،ަ އާއްމު ޙާލަތަށް ރުޖޫއަވުން އަވަސްވާނެއެވެ. ވަކި ފަރުދަކަށް ބަލައިފިކަމުގައިވާނަމަވެސ،ް މި ވެކްސިންޖެހުމުން އޭނާ މި ބަލިން ރައްކާތެރިވުމުގެ އިތުރުން މި ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ތެރެއިން މީހަކަށް އޭނާގެ ފަރާތުން ބަލި ޖެހުމުގެ ފުރުޞަތު ކުޑަކޮށްދެއެވެ .

ކޯވިޑް-19 ވެކްސިން ޖެހުމުގެ ސަބަބުން ހަށިގަނޑަށް އެއްވެސް ނޭދެވޭ އަސަރެއް ކޮށްފާނެތަ ؟

ވެކްސިން ޖެހުމުގެ ސަބަބުން ބައެއް މީހުންގެ ހަށިގަނޑަށް ނޭދެވޭ އަސަރެއް ކޮށްފާނެއެވެ. މިގޮތުން ހަށިގަނޑަށް ކުރާ އަސަރުތަކަކީ ގިނަ ފަހަރަށް ވައިރަސްއާ ދެކޮޅަށް ހަށިގަނޑު ރައްކާތެރިކުރުމަށް ދިފާއީ ނިޒާމުން މަސައްކަތް ކުރާކަމުގެ އަލާމާތްތަކެވެ.

ވެކްސިންގެ ސަބަބުން ކޮށްފާނެ އަސަރުތަކުގެ ތެރޭގައި :

• ހުންއައުން

• ވަރުބަލިވުން

• ބޮލުގައި ރިއްސުން

• އިންޖެކްޝަން ޖަހާ ތަނަށް ތަދުވުން ނުވަތަ ދުޅަވު ން

މިފަދަ އަލާމާތްތަކާއި މެދު ކަންބޮޑުވާނަމަ ނުވަތަ ރަނގަޅުނުވެ ގިނަ ދުވަސްވާނަމ،ަ ސިއްހީ އެހީތެރިއެއްގެ އެހީ ހޯދަން ވާނެއެވެ. ނުވަތަ 1676 އަށް ގުޅާ ރިޕޯޓްކުރަންވާނެއެވެ .

ވެކްސިންގެ އަސަރު ހަށިގަނޑުގައި ހުންނާނީ ކިހާ މުއްދަތަކަށް؟

ކޯވިޑް-19 ގެ ވެކްސިންތަކަށް ފުރަތަމަ ހުއްދަ ދިންއިރު މި ވެކްސިންގެ އަސަރު ހަށިގަނޑުގައި ދެމިހުންނާނެ މުއްދަތަކީ ކިހާ ދުވަހެއްތޯ އެނގިފައެއް ނުވެއެވެ. ސަބަބަކީ މިކަމަކީ އަދިވެސް ދިރާސާ ކުރަމުން އަންނަކަމަކަށް ވެފައ،ި ޔަޤީން ކުރެވޭނީމިކަން ގިނަ ހޯދުންތައް ހޯދާ މިކަމުގެ މަޢުލޫމާތުތައް އެއްކުރެވިގެން ކަމަށްވާތީއެވެ. މިހާތަނަށް ހަދާފައިވާ ގިނަ ދިރާސާތައް ދައްކާގޮތުން ވެކްސިންގެ އަސަރު 1 އަހަރު ދުވަހަށް ދެމިހުންނާނެއެވެ .

ވައިރަސް މިއުޓޭޓް (އޭގެ އަސްލަށް ބަދަލުއައުން) ވެއްޖެނަމ،ަ ވެކްސިނުން ވައިރަސްއާ ދެކޮޅަށް ހަށިގަނޑު ރައްކާތެރި ކޮށްދޭނެތަ ؟

ވައިރަހަކީ އޭގެ ޒާތުގައި އަބަދުވެސް ބަދަލުވަމުންދާ (މިއުޓޭޓްވަމުންދާ) އެއްޗެކެވެ. ވައިރަސް މިއުޓޭޓްވުމަކީ އޭގެ ޖެނެޓިކް މެޓީރިއަލް އަށް ބަދަލުއައުމެވެ. އެކި ވައިރަސް މިއުޓޭޓްވާން ނަގާ މުއްދަތު ތަފާތެވެ. މިގޮތުން ވައިރަހަށް އަންނަ ބަދަލަކީ އޭގެ ސަބަބުން ވެކްސިނުން ލިބޭ ފައިދާއަށް އަސަރުކުރާ ކަމަކަށް ނުވެދާނެއެވެ.

ކޯވިޑް-19 ޖައްސާ ވައިރަސް (2-SARS-CoV) އަށް އަންނަ ބަދަލުތަކާއ،ި މިވައިރަސްގެ އަލަށް ފެންނަ ބާވަތްތަކުން ނުވަތަ ވޭރިއަންޓްތަކުން ކޯވިޑް-19ގެ ވެކްސިންދީގެން ހަށިގަނޑު ރައްކާތެރިކުރުވާ މިންވަރު ސައިންސްވެރިންނާއި ރެގިއުލޭޓަރީ އިދާރާތަކުން އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ .

ވައިރަހުގެ ޒަރީއާއިން ޖެހޭ ހިމަބިހ،ި ރުބެއްލާ ފަދަ ބަލިތަކާ ދެކޮޅަށް އުފައްދާފައިވާ ވެކްސިންގެ އަސަރު ހަށިގަނޑުގައި ގިނަ އަހަރުތަކަކަށް ދެމިހުރެއެވެ. ނަމަވެސް އިންފުލުއެންޒާ ފަދަ އަރިދަފުސް ރޯގާގެ ބަލިތައް ޖައްސާ ވައިރަސްއާ ދެކޮޅަށް ބޭނުންކުރުމަށް އުފައްދާ ވެކްސިނަކީ ކޮންމެ އަހަރަކު ބަދަލު ގެންނަންޖެހޭ ވެކްސިނެކެވެ.

ސަބަބަކީ ރޯގާ ޖައްސާ ވައިރަހަކީ އޭގެ އަސްލަށް ވަރަށް އަވަސްއަވަހަށް ބަދަލުއަންނަ އެއްޗަކަށް ވުމެވެ. ރޯގާ ޖައްސާ ވައިރަހުގެ އެކި ބާވަތްތައް މޫސުމީ ރޯގާގެ ގޮތުގައި ފެނެއެވެ .

 ‘ހަރޑް އިމިއުނިޓީ’ ހާސިލުކުރުމަށް އާބާދީގެ ކިތައް އިންސައްތައަށް ވެކްސިން ޖަހަންޖެހޭތަ؟

ކޯވިޑް-19 އާ ދެކޮޅަށް ‘ހަރޑް އިމުއިނިޓީ’ ހާސިލުކުރުމަށް ވެކްސިން ދޭންޖެހޭ އާބާދީގެ އިންސައްތަ ކަމާބެހޭ މާހިރުންނަށް އަދި ދެނެގަނެފައެއް ނުވެއެވެ. ‘ހަރޑް އިމިއުނިޓީ’ އަކީ ވެކްސިންޖެހުމުގެ ސަބަބުން ނުވަތަ ބައްޔަށް ކުރިން ހުށަހެޅިފައިވުމުގެ ސަބަބުން އެ ބަލި ޖައްސާ ވައިރަހަށް އާބަދީގެ ބޮޑު އިންސައްތައެއް ހޭނި އެބައްޔަކުން ރައްކާތެރިކަން ލިބިފައިވުމެވެ. މިހެންވުމުނ،ް މުޖުތަމައެއްގައި ދިރިއުޅޭ ޚާއްޞަ ހާލަތްތަކުގައި ބައެއް މީހުން ބަލިން ރައްކާތެރިވުމަށް ފިޔަވަޅެއް ނޭޅި ކަމުގައި ވިޔަސ،ް އެ މުޖްތަމައުގައި ދިރިއުޅޭ އެންމެން ތިބޭނީ މި ބަލިން ރައްކާތެރިކުރެވިފައެވެ. ‘ހަރޑް އިމުއިނީޓީ’ ހާސިލުކުރުމަށް ބަލިން ރައްކާތެރިވެފައިވާ އާބާދީގެ އިންސައްތަ ހުންނަންޖެހޭ މިންވަރު އެކި ބަލި ބަލީގައި ތަފާތެވެ .

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް