އެފްއެސްއެމްގެ ތެޔޮ ބާޖެއްބާޖެއް ނޫމަރާ ނެރަށް އުރިއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ، ގިނަ އަދަދެއްގެ ޕެޓްރޯލް އަދި ޑީސެލް ބަރުކޮށްގެން ދަތުރުކުރި އެފްއެސްއެމްގެ ތެޔޮ ބާޖެއް ށ. ނޫމަރާ ނެރު މައްޗަށް އުރުމުން އެހީތެރިވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މި ހާދިސާ ރިޕޯޓްކުރީ މިއަދުގެ ހެނދުނު 06:59 ހާއިރުއެވެ.
ނެރަށް އުރިފައި ވަނީ މެކުނު ނަމަކަށް ކިޔާ ބާޖެކެވެ.
ތެޔޮ ބަރުކޮށްގެން ދަތުރު ކުރާ އުޅަނދުތަކަށް ފަހަކަށް އައިސް ހިނގާފައިވާ ހާދިސާތަކަށް ބަލާއިރު މިއަހަރުގެ އޭޕްރީލް މަހު 60000 ލީޓަރު ތެލާއިއެކު އެނބޫދޫ ފިނޮޅު ކައިރިން ބޯޓެއް އަޑިއަށް ގޮސްފައި ވެއެވެ. އޭގެ ކުރިން 2019 ވަނަ އަހަރު އެފްއެސްއެމްގެ ތެޔޮ ބޯޓެއް ތެލާއިއެކު ކާށިދޫ ނެރުމައްޗަށް އުރުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް