ދީނީ މިނިވަންކަމުގެ އެމްބެސެޑަރެއްގެ ގޮތުގައި އެމެރިކާގެ ރައީސް ހިޔާރުކުރެއްވީ މުސްލިމެއް

އެމެރިކާގެ އެމްބެސެޑަރ އެޓް ލާޖް ފޮރ އިންޓަނޭޝަނަލް ރިލީޖަސް ފްރީޑަމްގެ މަގާމަށް ފުރަތަަމަ ފަހަރަށް މުސްލިމަކު ހިޔާރުކޮށްފިއެވެެ. އެގޮތުން މި މަގާމަށް، އެމެރިކާގެ މިހާރުގ ރައީސް ޖޯ ބައިޑަން ހިޔާރުކޮށް...

31 Jul 2021 | 02:16

އެމެރިކާގެ އެމްބެސެޑަރ އެޓް ލާޖް ފޮރ އިންޓަނޭޝަނަލް ރިލީޖަސް ފްރީޑަމްގެ މަގާމަށް ފުރަތަަމަ ފަހަރަށް މުސްލިމަކު ހިޔާރުކޮށްފިއެވެެ.

އެގޮތުން މި މަގާމަށް، އެމެރިކާގެ މިހާރުގ ރައީސް ޖޯ ބައިޑަން ހިޔާރުކޮށްފައިވަނީ އިންޑިއަން އެމެރިކަން މުސްލިމެއް ކަމުގައިވާ ރަޝާދު ހުސެއިންގެ ނަމެވެ.

މިއީ މި މަގާމަށް އިންޑިއަން އެމެރިކަން ނަސްލުގެ އަދި މުސްލިމަކުވެސް ހިޔާރުކުރި ފުރަތަަމަ ފަހަރެވެ.

މި މަގާމަށް ޖޯ ބައިޑަންގެ ހޮވުމަކީ ރަޝާދު ހުސެއިން ކަމުގައި އިއުލާނުކުރި ނަަމަވެސް މި ނިންމުން ފާސްކުރާނީ އެމެރިކާގެ ސެނެޓުންވެެ.

އުމުރުން 41 އަހަރުގެ ހުސެއިން އަކީ އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޕާޓްނަޝިޕްސް އެންޑް ގްލޯބަލް އެންގޭޖްމަންޓް ޑިޕާޓްމެންޓުގެ ޑިރެކްޓަރުގެ މަގާމު މިހާރުވެސް އަދާކުރަމުން އަންނަ ފަރާތެކެވެ.

މި މަގާމަށް ރަޝާދު ހުސެއިންގެ ނަން ބައިޑަން ހިޔާރުކޮށްފައިވާއިރު ބައިޑަންގެ ވެރިކަަމުގައި މުސްލިމުންނަށް މަތީ މަގާމުތަކެއް އަންނަނީ ދެމުންނެވެ. މިއީ ކުރިން ހުރި ރައީސް، ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި ފެނިގެންގޮސްފައިވާކަމެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް