ނައިޖީރިޔާގެ މަޝްހޫރު ބަތޮލާއެއްކަމުގައިވާ މާސީ އައިބެ، ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އަންނަ ހިތުން، އޭނާގެ މިހާރުގެ ލޯބިވެރިޔާއަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.
އެގޮތުން މާސީ އޭނާގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖެއަށް ޗުއްޓީ ދަތުރެއް ހަމަޖެއްސުމަށް އޭނާގެ ލޯބިވެރިޔާއަށް 48 ގަޑިއިރުގެ މުހުލަތެއް ދީފައިވާކަމަށާއި އެ މުހުލަތުގައި ރާއްޖެއަށް ޗުއްޓީ ދަތުރެއް ހަަމަނުޖެހިއްޖެނަމަ އޭނާ ހުސްހަށިބައި ވާނެކަމަށެވެ.
https://www.instagram.com/p/CR6rpgvBFxA/
މާސީ އައިބެ އަކީ 2001 ވަނަ އަހަރުން ފެށިގެން ނައިޖީރިޔާގެ ފިލްމު އިންޑަސްޓްރީ (ނޮލީވުޑް)ގެ މަޝްހޫރު ބަތޮލާއެކެވެ. މިހާތަނަށް 18 ފިލްމެއް ކުޅެފައިވާއިރު ގިނަ އެވޯޑްތަކެއްވެސް ހާސިލުކޮށްފައިވެއެވެ.
ކުރިން ކައިވެންޏެއްކޮށް ދެ ދަރިން ލިބިފައިވާ މާސީ 2019 ގައި ވަނީ ކައިވެނި ރޫޅާލާފައެވެ. އޭނާގެ މިހާރުގެ ލޯބިވެރިޔަކީ ސީދާ ކާކުކަން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް