ރާއްޖޭގެ މޫސުން މިއަދު އާންމުގޮތެއްގައި ރަނގަޅުވާނެ

ދެކުނުގެ ބައެއް ރަށްރަށަށް ކެރީގެ އަސަރު ފޯރިނަމަވެސް ރާއްޖޭގެ މޫސުން މިއަދު އާންމުގޮތެއްގައި ރަނގަޅުވާނެކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މޫސުމާއިބެހޭ ގައުމީ އިދާރާއިން މިހެން ބުނެފ...

31 Jul 2021 | 01:00

ދެކުނުގެ ބައެއް ރަށްރަށަށް ކެރީގެ އަސަރު ފޯރިނަމަވެސް ރާއްޖޭގެ މޫސުން މިއަދު އާންމުގޮތެއްގައި ރަނގަޅުވާނެކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން މިހެން ބުނެފައިވަނީ އެ އިދާރާއިން ނެރެފައިވާ މިއަދުގެ މޫސުމީ ބުލެޓިންގައެވެ.

އެ ބުލެޓިންގައި ބުނެފައިވަނީ މިއަދު އުތުރާއި މެދުރާއްޖޭގެ އަތޮޅުތަަކށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނަކަމަށާއި ދެކުނުގެ އަތޮޅުތަކުގައި ވައި އެނބުރި އާންމުކޮށް މަޑުން، އިރުދެކުނާއި ދެކުނުން ގަޑިއަކު ތިން މޭލާއި 10 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

މިއަދު ކަނޑުތައް މަޑުވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީވެސް ފޫޓަކާއި ހަތަރު ފޫޓާއި ދެމެދުގެ އުސްމިނެއްގައި ކަމުގައިވެސް ބުނެފައިވެއެވެ.

ދެކުނުގެ އަތޮޅުތަކަށް މިއަދު ކެރީގެ އަސަރު ފޯރާނެކަމަށް ނިމުތުކޮށްފައިވާއިރު އިއްޔެވެސް ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް