މިރޭ މާލޭގައި މޫނު ނިވާކޮށްގެން ތިބި ދެމީހަކު ވަޅިން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާއަށް އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.
މި މާރމާމާރީ ހިންގާފައިވަނީ ހަބީބީމަގުގައި ހުންނަ ލިޓަސް ސާވިސް ސެންޓަރު ތެރޭގަ އެވެ.
އެ ޒުވާނާގެ މެޔަށާއި ކަރަށް ވަޅި ހަރާފައިވާއިރު އޭޑިކޭއިން ބުނެފައިވަނީ އެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ ޒުވާނާގެ ވިންދު ނެތް ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ނިޔާވި ޒުވާނާއަކީ ލިޓަސް ސާވިސް ސެންޓަރުގައި ވަޒީފާ އަދާކުރި ޒުވާނެކެވެ. ހަމަލާ ދީފައިވަނީ މޫނު ނިވާކޮށްގެންތިބި ދެމީހެކެވެ.
މިރޭ ހަމަލާދިން ޒުވާނާ ނިޔާވެފައިވާއިރު މިދިޔަ ބުދަ ދުވަހު މާލޭގައި ހިންގި މާރާމާރީއެއްގައި ޒަހަމްވި ޒުވާނަކު ވަނީ ނިޔާވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް