ރައްޔިތުންގެ މަޖިލީހުގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވާން ފަށައިފި އެވެ.
ދުވަހަށް ކަށަވަރުވެފައިވާގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މަޖިލީހުގެ މެމްބަރުންގެ ފާހާނާ ހިމެނޭ ބައިގައި ސޮކެޓެއްގައި އަލިފާން ރޯވެގެންނެވެ. މާ ގިނަ އިރެއް ނުވެ ރޯވި އަލިފާން ވަނީ ނިއްވާލާފަ އެވެ.
މިވަގުތު މަޖިލީހުގެ އިދާރާއިން ކަރަންޓް ކަނޑާލާފައިވާއިރު އަލިފާނުގެ ހާދިސާ ހިނގި ވަގުތު ގިނަ އަދަދަކަށް ދުން އަރާފައި ވެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ އިރުއޮއްސި 6:30 ހާއިރުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް