މަސީހު ބޭރު ނުކުރެވުނަސް މަސީހު އިންނަވާ ގޮނޑިކޮޅު ބޭރުކޮށްފި !

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އެޖެންޑާކޮށް މިއަދު ފަށާފައިވާއިރު މަޖިލީހުގެ ރައީސް އިންނަވާ ގޮނޑިކޮޅު ޗެމްބަރ އިން ބޭރުކޮށްފި އެވެ. މިއަދު މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި އިދިކޮޅު ފަރާތްތަކުން ...

31 Jul 2017 | 05:29

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އެޖެންޑާކޮށް މިއަދު ފަށާފައިވާއިރު މަޖިލީހުގެ ރައީސް އިންނަވާ ގޮނޑިކޮޅު ޗެމްބަރ އިން ބޭރުކޮށްފި އެވެ.

މިއަދު މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި އިދިކޮޅު ފަރާތްތަކުން ވަނީ ޖަލްސާ ކުރިއަށް ގެންދިޔަ ނުދީ މަޖިލީހުގެ ޗެމްބަރ ހިސޯރުކޮށްފަ އެވެ.

މަޖިލީހުގައި މިއަދު އެޖެންޑާކޮށްފައި ވަނީ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ތ. ކެންދޫ ތޮށިލުމުގެ މަސައްކަތްތާ ބެހޭ ގޮތުން އެންވާރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމްއާ ސުވާލު ކުރުމެވެ.

ގަވާއިދު ބުނާގޮތުން 09:30 ގައި ޖަލްސާ ފަށަން ޖެހެ އެވެ. ނަމަވެސް މިއަދު ޖަލްސާ ފެށިފައެއް ނުވެ އެވެ. މަޖިލީހުގައި އިދިކޮޅު މެމްބަރުން އަޑުގަދަކޮށް ހަޅުތާލު ކޮށް އަދި ރިޔާސަތު ހިސޯރު ކުރުމުން މަޖިލީހުގެ ސެކިއުރިޓީ ބަހަލައްޓާ ފަރާތްތަކުން ވަނީ އިދިކޮޅު މެމްބަރުން މަޖިލީހުގެ ރިޔާސަތުން ބޭރުކޮށްފަ އެވެ. ރިޔާސަތުގައި މިވަގުތު ތިބީ ސެކިއުރިޓީންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރިޔާސަތުގައި އިންނަވާ ގޮނޑިކޮޅު މިއަދު މަޖިލީހުން ބޭރުކޮށްފައިވާއިރު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތިން ފަހަރު މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެކަން ކާމިޔާބުވެފައެެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް