ޓަގަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް

ޓަގަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް މެރިން ޕޮލިސް އިން ބުނެފިއެވެ. މިކަން ހާމަކޮށް މެރިން ޕޮލިސް އިން ބުނެފައިވަނީ މިއަދު މެންދުރުފަހު 03:30 ހާއިރު މާލެއިން އދ. އަތޮޅަށް ދަތުރުކުރި...

31 May 2025 | 16:17

ޓަގަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް މެރިން ޕޮލިސް އިން ބުނެފިއެވެ.

މިކަން ހާމަކޮށް މެރިން ޕޮލިސް އިން ބުނެފައިވަނީ މިއަދު މެންދުރުފަހު 03:30 ހާއިރު މާލެއިން އދ. އަތޮޅަށް ދަތުރުކުރި ލޯންޗަކާއި މާލޭ އެމްޕީއެލް ޖެޓީ އަށް ވަންނަން ދިޔަ ޓަގެއްޖެހި އެކްސިޑެންޓްވީ ކަމަށެވެ.

"ލޯންޗު ކެޕްޓަނަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދީފައިވޭ" މެރިން ޕޮލިސް އިން ބުނެފައިވެއެވެ.

މެރިން ޕޮލިސް އިން އިތުރަށް ބުނެފައިވަނީ އިތުރު މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށާއި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް