މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ސަޢޫދީ އަރަބިއްޔާއަށްދާ ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިއަދު ފުރައިފިއެވެ.
މިއަދު ފުރާފައިވަނީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށްދާ 298 ބޭފުޅުންނެވެ.
މިއަދު އެއާޕޯޓުގައި ހުންނަވައި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވީ ފުރަތަމަ ފްލައިޓް އަދި ހުރިހާ ފްލައިޓެއް ދަތުރުކުރާއިރުވެސް އެކޮޅުން ޙައްޖުވެރިން ރިސީވް ކުރުމުގެ އިންތިޒާމުތަކާއި ކޮންމެ ފްލައިޓެއްގައިވެސް އެހީތެރިންނާއި ޑަކުޓަރުންނާއި ނަރުހުންވެސް ހިމެނޭނެ ކަމަށެވެ.
ޝަކީލް ވިދާޅުވީ ދެވަނަ ފްލައިޓް ޖޫން މަހުގެ ތިންވަނަ ދުވަހު އަދި ތިންވަނަ ފްލައިޓް ޖޫން މަހުގެ ހަތްވަނަ ދުވަހު އަދި ހަތަރުވަނަ ފްލައިޓް ޖޫން މަހުގެ 10ގައި ފުރާނެ ކަމަށެވެ.
ރާއްޖެއިން މިއަހަރު ހައްޖަށްދަނީ 1150 ފަރާތެކެވެ. ހައްޖު ކޯޓާ މި އަހަރު އެކުގައިހެން ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް