ޚާރިޖީ ވަޒީރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ސްރީ ލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަން އެ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން މިއަދު ހާމަކޮށްފައިވާގޮތުގައި ވަޒީރުގެ މި ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ ތިން ވަނަ ދުވަހުން ހަވަނަ ދުވަހުގެ ނިޔަލަށެވެ.
ވަޒީރުގެ މި ދަތުރުފުޅުގައި ލަންކާގެ ރައީސް ރަނިކް ވިކްރަމަސިންހަ އާއި އެ ގައުމުގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރަދެނަ އަރިހަށް ޒިޔާރަތްކުރައްވާނެކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާއިމެދު އެ ޤައުމުގެ ޚާރިޖީ ވަޒީރު އެމް.ޔޫ.އެމް އަލީ ސަބްރީއާއިއެކު މަޝްވަރާތައް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް