އެކުވެރި އަރަބި އިމާރާތުގައި ޓިކްޓޮކް ތަރިއަކު އިމާރާތަކުން ވެއްޓި މަރުވެއްޖެ – އެންމެ ފަހުން ޕޯސްޓްކުރީ "ޑޯންޓް ފޯލް އިން ލަވް"

އިންޑިއާއަށް ނިސްބަތްވާ، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގައި ދިރިއުޅޭ މަޝްހޫރު ޓިކްޓޮކް ތަރިއަކު އިމާރާތަކުން ވެއްޓި މަރުވެއްޖެއެވެ. ޚަލީޖް ޓައިމްސްގައި ރިޕޯޓުކޮށްފައިވާގޮތުގައި އުމުރުން 30 އަހަރުގ...

31 May 2024 | 09:41

އިންޑިއާއަށް ނިސްބަތްވާ، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގައި ދިރިއުޅޭ މަޝްހޫރު ޓިކްޓޮކް ތަރިއަކު އިމާރާތަކުން ވެއްޓި މަރުވެއްޖެއެވެ.

ޚަލީޖް ޓައިމްސްގައި ރިޕޯޓުކޮށްފައިވާގޮތުގައި އުމުރުން 30 އަހަރުގެ ޝަނީފާ ބާބޫ ވެއްޓުނީ ފުޖައިރާގައި އޭނާ ދިރިއުޅެމުންދިޔަ އެޕާޓްމަންޓުގެ ބެލްކަނިންނެވެ. އެ އެޕާޓްމަންޓްކީ އެ އިމާރާތުގެ 19 ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްކަމަށް ބުނެފައިވެއެވެ.

ޝަނީފާގެ ޓިކްޓޮކް އެކައުންޓަކީ ގާތްގަނޑަކަށް ބައި ލައްކައެއްހާ މީހުން ފޮލޯ ކުރަމުން އަންނަ އެކައުންޓެކެވެ. އަދި ހަމަ އެހެންމެ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައިވެސް ގާތްގަނޑަކަށް އެ އަދަދަށް ފޮލޯވަރުން ތިބެއެވެ.

ޝަނީފާ އެކުވެރި އަރަބި އިމާރާތުގައި ދިރިއުޅެމުންދިޔައީ އޭނާގެ ފިރިމީހާ އަދި ދެ ދަރިންނާއި އެކުގައެވެ. އޭނާގެ ފިރިމީހާ އަކީ ވިޔަފާރިވެރިއެވެ.

https://www.tiktok.com/@shanisanuj/video/7371851472255929601

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް