ގިނަ މިސްޓާ ބައިބަލާއިންނާއެކު އާބަންކޯއިން ބައިބަލާ މުބާރާތަށް ތައްޔާރުވަނީ

ބައިބަލާ އެސޯސިއޭޝަނުން ބާއްވާ އިންޓަރ އޮފީސް ބައިބަލާ މުބާރާތަށް އަރބަންކޯގެ ޓީމުން ގިނަ މިސްޓަރ ބައިބަލާއިންނާއެކު ތައްޔާރުވާން ފަށައިފިއެވެ. އެގޮތުން އާބަންކޯ އިން ބުނީ މި ޓީމުން މިހާރު ވަނީ ބައިވެ...

31 May 2023 | 14:48

ބައިބަލާ އެސޯސިއޭޝަނުން ބާއްވާ އިންޓަރ އޮފީސް ބައިބަލާ މުބާރާތަށް އަރބަންކޯގެ ޓީމުން ގިނަ މިސްޓަރ ބައިބަލާއިންނާއެކު ތައްޔާރުވާން ފަށައިފިއެވެ.

އެގޮތުން އާބަންކޯ އިން ބުނީ މި ޓީމުން މިހާރު ވަނީ ބައިވެރިންނާއި އެކު ޕްރެކްޓިސްތައް ފަށާފައި ކަމަށެވެ.

އަދި އަރބަންކޯގެ ޓީމް އެކުލަވާލާފައި ވަނީ މީގެ ކުރިން އެސޯސިއޭޝަނުން ބާއްވާފައިވާ ބައިބަލާ މުބާރާތްތަކުގައި

ވާދަކޮށް، އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ބައިބަލާގެ ނަމުން ނަމަ މިސްޓަރ ބައިބަލާގެ ޝަރަފު ހޯދާފައިވާ ގިނަ ކުޅުންތެރިންތަކަކާ އެކު ކަމަށް އާބަންކޯއިން ހާމަކުރެއެވެ.

އާބަންކޯ އިން ބުނީ ޓީމުގެ ކޯޗުކަން ކުރަނީ ބައިބަލާގައި ތަޖުރިބާކާރު އަލީ ރިޒްވާން ކަމަށެވެ.

އޮފީސްތަކުގެ މެދުގައި ބާއްވާ ބައިބަލާ މުބާރާތް އެސޯސިއޭޝަނުން ޖޫން މަހުގެ 20 ވަނަ ދުވަހު ފެށުމަށް ތައްޔާރު ވެފައިވާއިރު މި މުބާރާތް ބާއްވަނީ ހުޅުމާލޭގައެވެ. މިއީ ރާއްޖޭގައި އޮފީސްތަކުގެ މެދުގައި ބާއްވާ ފުރަތަމަ ބައިބަލާ މުބާރާތެވެ.

ބައިބަލާ އެސޯސިއޭޝަނުން ކޮންމެ އަހަރަކު އީދު ތެރޭގައި ބާއްވާ ގައުމީ ބައިބަލާ މުބާރާތްވެސް މި އަހަރު ބާއްވާފައި ވަނީ ހުޅުމާލޭގައެވެ. މި ފަހަރު ހުޅުމާލޭގައި މުބާރާތް ބޭއްވި އިރު އެއީ ހުޅުމާލޭގައި އެ މުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ. އަދި އަރބަންކޯ އިން ވަނީ ހުޅުމާލޭގައި ބައިބަލާ ކުޅުމަށް އެކަށީގެންވާ ފަދަ ކޯޓެއް ގާއިމްކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް