ގެއްލިގެން ހޯދަމުން ދިޔަ ހއ. އިހަވަންދޫ / ނަސްރީނުގެ، އުމުރުން 32 އަހަރުގެ ޢާއިޝަތު އިޙްސާނާ ފެނިއްޖެ އެވެ.
އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރީ މިމަހުގެ29 ވަނަ ދުވަހު އެވެ. އެންމެ ފަހުން އިހުސާނާ ފެނިފައިވަނީ ހުޅުމާލޭ ހިޔާ ޓަވަރު15-04-06 ން ކަމަށް އާއިލާއިން ބުނެފައިވެ އެވެ.
އޭނާ އާއި އެކު ދެ އަހަރުގެ އަންހެން ދަރިފުޅުވެސް ގެއްލުނު ކަމަށް ރޕޯޓުކޮށްފައިވެ އެވެ.
ފުލުހުން މިއަދު ފަހުން ބުނީ އިހުސާނާ އޭނާގެ އާއިލާއަށް ގުޅާފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އޭނާ އާއި ދަރިފުޅުގެ ހާލުވެސް ރަނގަޅު ކަމަށް ބުނެފައިވެ އެވެ.
މިފަހުން މީހުންނާއި ކުދިން ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރުން ވަނީ އިތުރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް