އިތުބާރު މައްސަލަ: ރިއްފަތު މަޖިލީހަށް ހާޒިރު ނުވުމުން ސުވާލެއްގެ ތެރެއަށް !

ޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދަށް އެޖެންޑާކޮށްފައިވީނަމަވެސް ރިއްފަތު މަޖިލީހަށް ހާޒިރު ނުވީތީ އެ މައްސަލަ މިއަދު ކުރިއަށް ގެންދިއުމާއިމެދު ސުވާލު އުފެދި މަޖިލި...

31 May 2023 | 06:19

ޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދަށް އެޖެންޑާކޮށްފައިވީނަމަވެސް ރިއްފަތު މަޖިލީހަށް ހާޒިރު ނުވީތީ އެ މައްސަލަ މިއަދު ކުރިއަށް ގެންދިއުމާއިމެދު ސުވާލު އުފެދި މަޖިލިސް މެދުކަނޑާލަން ޖެހިއްޖެއެވެ.

އެގޮތުން މަޖިލިސް ފައްޓަވަމުން ރައީސް ނަޝީދު ވަނީ އެ ސުވާލު އުފައްދަވާފައެވެ. މަޖިލީހުގެ ރައީސް ރައީސް ނަޝީދު ވިދާޅުވީ ލިޔުމުން ޖަވާބުދާރީވުމަށް ރިއްފަތު ހުށަހަޅާފައިވާކަމަށާއި އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު ވަޒީރަށް ލިބިގެންވާކަމަށެވެ.

މި މައްސަލައިގާ މިއަދު ކުރިއށް ގެންދިއުމާމެދު ސުވާލު އުފެދުމުން މަޖިލީހުގެ ތަޅުމުގައި މަޝްވަރާ ކުރީ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު މަޝްވަރާ ކުރުމަށްފަހު އެއްބަސްވެވޭ ގޮތަކަށް މަޖިލިސް ކުރިއަށް ގެންދިއުމަށެވެ.

އެ ނިންމުމަށް މަޖިލިސް ރައީސްވެސް އެއްބަސްވެވަޑައިގެން ޖަލްސާ މެދުކަނޑާލެއްވީއެވެ.

އެޓާނީ ޖެނެރަލް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިގެން ދިޔައީ ޗާގޮސް މައްސަލައާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް