ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ގެކޮޅު ކަމަށްވާ ގ. ކެނެރީގޭ ފާރުގައި "އިންޑިއާ އައުޓް" ޖަހައިފި އެވެ.
އެގޭ ފާރުގައި އެހެން ޖަހާފައިވަނީ ސްޕްރޭ ކޮށްގެންނެވެ.
ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއް ސައްތާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެއީ މިހާރު އެގޭގެ ފާރު ކަމަށެވެ. އަދި ކުރު ވީޑިއޯ ކޮޅެއް ލާފައިވެ އެވެ.
ނަޝިދުގެ ގެ ކޮޅުގައި އިންޑިއާ އައުޓް ޖެހި އިރު މީގެ ކުރިން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ގެކޮޅުގައިވެސް ވަނީ އިންޑިއާ އައުޓް ޖަހާފަ އެވެ.
ނަޝިދު ގެންދަވަނީ އިދިކޮޅު ޕީޕީއެމްގެ "އިންޑިއާ އައުޓް" ކެމްޕެއިންނާއި ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.
https://twitter.com/nazimsat/status/1531493508498210816
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް