އަމީރުލް ހައްޖުގެ ގޮތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މި އަހަރު ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާބޭފުޅުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓުމަށް ހަވާލު ކުރެއްވީ ޑރ. ޒާހިރުއާ ކަމަށެވެ.
މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 453 ކޯޓާ އެވެ. މިއީ އެހެން އަހަރު ތަކާއި އަޅާ ބަލާއިރު ވަރަށް މަދު އަދަދެކެވެ. އެހެންވެ އިސްލާމިކް މިނިސްޓްރީން ދަނީ އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ކޯޓާ ލިބުނުލެއް މަދު ކަމާއި ވަގުތު ނެތުމުން މިއަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށް އެކަންޏެވެ. އެ ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދާން ބޭނުންވާ މީހުންނަށް އިއްޔެގެ ނިޔަލަށް އޮތީ ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް