އިންޑިއާ އަންހެނަކު ހަ ދަރިން ފެން ވަޅަކަށް ވައްޓާލައި މަރާލައިފި

އިންޑިއާ އަންހެނަކު ހަ ދަރިން ވަޅަކަށް ވައްޓާލައި މަރާލައިފި އެވެ. މި ހާދިސާ ހިނގާފައިވަނީ މާހާރާޝްޓްރާ ސްޓޭޓްގެ ރައިގަދް ޑިސްޓްރިކްޓުގައި އެވެ. އެމިހާ ދަރިންތައް އެއްލައިލީ ކިހާ ފުން މިނެއްގެ ވަޅަކަށ...

31 May 2022 | 05:17

އިންޑިއާ އަންހެނަކު ހަ ދަރިން ވަޅަކަށް ވައްޓާލައި މަރާލައިފި އެވެ.

މި ހާދިސާ ހިނގާފައިވަނީ މާހާރާޝްޓްރާ ސްޓޭޓްގެ ރައިގަދް ޑިސްޓްރިކްޓުގައި އެވެ.

އެމިހާ ދަރިންތައް އެއްލައިލީ ކިހާ ފުން މިނެއްގެ ވަޅަކަށް ކަމެއް އަދި ނޭނގެ އެވެ. މަހާރާޝްޓްރާ ފުލުހުން ބުނީ މި މައްސަލައިގަ ހައްޔަރު ކުރީ 30 އަހަރުގެ އަންހެނެއް ކަމަށެވެ.

އޭނާ ވަޅަށް އެއްލާލި ހަ ދަރިންނަކީ އުމުރުން 18 މަހާއި 10 އަހަރާއި ދެމެދުގެ ކުދިންނެވެ. އޭގެ ތެރޭގައި ފަސް އަންހެން ދަރިން ހިމެނެ އެވެ.

އަންހެން މީހާ އާއި ހަވާލާދީ ފުލުހުން ބުނީ އޭނާ ދަރިންތައް ވަޅަށް ވައްޓާލައި މަރާލީ ފިރިމީހާގެ އާއިލާއިން އޭނާ އާއި މެދު އަމަލު ކުރަމުންދާ އިހާނެތި ގޮތުން ކަމަށެވެ.

މި ހާދިސާ އާއި ގުޅޭގޮތުން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް