ހއ. އަތޮޅުން ވ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓު ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނީ އެ ސަރަހައްދަށް ވަޔާއި ކަނޑު ގަދަވާނެ ކަމަށެވެ. އެލާޓު ނެރެފައިވަނީ މެންދުރު12:00 އާއި ހަމައަށެވެ.
އާންމު ގޮތެއްގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ25 މޭލާއި30 މޭލާ ދެމެދުގެ ބާރު މިނުގައި އެވެ. ވިލާގަނޑުގައި45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
އިއްޔެއިން ފެށިގެން އުތުރާއި މެދުރާއްޖެތެރޭގެ ވައި ބާރުވެ ކަނޑުތައް ވަނީ ގަދަވާން ފަށާފަ އެވެ.
މެޓް އޮފީހުގެ ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ އެންމެ ބާރަށް ވައި ޖެހިފައިވަނީ ކ. ގާފަރަށެވެ. އެ ރަށަށް52 މޭލު ބާރުމިނުގައި ވައި ޖެހިފައިވެ އެވެ.
މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް