އައިޖީއެމްއެޗްގައި 14 އަހަރު ޚިދުމަތްކުރި މުވައްޒަފަކު ކޮވިޑްގައި ނިޔާވެއްޖެ

އައިޖީއެމްއެޗްގައި 14 އަހަރު ޚިދުމަތްކުރި މުވައްޒަފަކު ކޮވިޑްގައި ނިޔާވެއްޖެއެވެ. ނިޔާވެފައި ވަނީ ލޯންޑްރީ އެސިސްޓެންޓެއްގެ ގޮތުގައި އައިޖީއެމްއެޗްގައި މަސައްކަތް ކުރެއްވި އަލީ މަނިކް އެވެ. މަނިކް ނިޔ...

31 May 2021 | 17:46

އައިޖީއެމްއެޗްގައި 14 އަހަރު ޚިދުމަތްކުރި މުވައްޒަފަކު ކޮވިޑްގައި ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ ލޯންޑްރީ އެސިސްޓެންޓެއްގެ ގޮތުގައި އައިޖީއެމްއެޗްގައި މަސައްކަތް ކުރެއްވި އަލީ މަނިކް އެވެ. މަނިކް ނިޔާވެފައި ވަނީ މިއަދު03:39 ގައެވެ. މަނިކް ނިޔާވިއިރު ފަރުވާދެމުން ދިޔައީ ދަރުމަވަންތަ ހޮސްޕިޓަލުގެ11 ވަނަ ފަންގިފިލާގައި އެޑްމިޓްކޮށްގެންނެވެ.

https://twitter.com/HPA_MV/status/1399351797525872644

ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި، މިއަދު އެކަނިވެސް މި ބަލީގައި ތިން މީހުން ދުނިޔެ ދޫކޮށްފައިވެއެވެ. އަދި މިއަދު ރާއްޖެއިން 710 މީހުން ކޮވިޑަށް ފައްސިވެފައިވެއެވެ.

މިވަގުތު ރާއްޖޭގައި 24،109 މީހުނަށް ކޮވިޑަށް ފަރުވާ ދެމުން ދާއިރު އޭގެ ތެރެއިން 204 މީހުުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

މިހާތަނަށް ކޯވިޑްގައި މަރުވި އަދަދު ވަނީ 161 އަށް އަރާފައި އެވެ. ކޮވިޑްގައި ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވެފައި ވަނީ މި ހިނގާ މެއި މަހުގެ ތެރޭގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް