ރާއްޖެއިން މިއަދު ކޮވިޑަށް ފައްސިވެފައި ވަނީ 710 މީހުން

ރާއްޖެއިން މިއަދު 710 މީހުން ކޮވިޑަށް ފައްސިވެއްޖެއެވެ. ކޯވިޑަށް މިއަދު މާލެއިން ފައްސިވެފައިވަނީ 488 މީހުންނެވެ. އަތޮޅު ތެރެއިން 202 މީހުން ފައްސިވެފައިވެ އެވެ. ދެން މިއަދު ކޯވިޑަށް ފައްސިވްވެފައިވަނ...

31 May 2021 | 17:00

ރާއްޖެއިން މިއަދު 710 މީހުން ކޮވިޑަށް ފައްސިވެއްޖެއެވެ.

ކޯވިޑަށް މިއަދު މާލެއިން ފައްސިވެފައިވަނީ 488 މީހުންނެވެ. އަތޮޅު ތެރެއިން 202 މީހުން ފައްސިވެފައިވެ އެވެ. ދެން މިއަދު ކޯވިޑަށް ފައްސިވްވެފައިވަނީ ރިސޯޓްތަކުން ފަސް މީހަކާއި ހަދަމުންދާ ރަށްްތަކުން 15 މީހުންނެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 5،310 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 24،109 މީހުންނަށެވެ. އޭގެ ތެރެއިން 204 މީހުުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 40،117 މީހުންނެވެ.

ކޮވިޑްގައި މިއަދު މިހާތަނަށް ތިން މީހަކު ނިޔާވެފައި ވެއެވެ. އަދި މިހާތަނަށް ކޯވިޑްގައި މަރުވި އަދަދު ވަނީ 161 އަށް އަރާފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 64،396 މީހުން ޕޮސިޓިވްވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް