މިލަންދޫގެ މަގުހެދުމަށް ބޭނުންވާ ގައުތައް ރަށަށް ގެންގޮސްފި

‏ށ.މިލަންދޫގެ މަގުހެދުމުގެ ޕްރޮޖެކްޓްގެ ލޭންޑްސްކޭޕިންގ މަސައްކަތަށް ބޭނުންވާ ހުރިހާ ޕޭވިންގ ބްލޮކް ރަށަށް ގެންދެވިފައި ވާ ކަމަށާއި ސާމާނުތައް ބޭލުމުގެ މަސައްކަތް މާދަމާ ފެށިގެން ކުރިއަށް ދާނެކަމަށް ރ...

31 May 2021 | 16:39

‏ށ.މިލަންދޫގެ މަގުހެދުމުގެ ޕްރޮޖެކްޓްގެ ލޭންޑްސްކޭޕިންގ މަސައްކަތަށް ބޭނުންވާ ހުރިހާ ޕޭވިންގ ބްލޮކް ރަށަށް ގެންދެވިފައި ވާ ކަމަށާއި ސާމާނުތައް ބޭލުމުގެ މަސައްކަތް މާދަމާ ފެށިގެން ކުރިއަށް ދާނެކަމަށް ރޯޑް ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

މިލަންދޫ މަގުހެދުމުގެ މަޝްރޫއުގެ ދަށުން މަގުތަކަށް ބޭނުންވާ ޖަންކްޝަން އަދި ކާރބްސުޓޯން އެޅުމުގެ މަސައްކަތް ކޮށްފައި ވާއިރު، ހުރަވީ މަގާއި ޤާޒީ މަގުގެ ސައިޑްވޯކް ކޮނެ ކޭބަލް ޖަންކްޝަން ވަޅުލުންވެސް މި މަސައްކަތުގެ ތެރޭގައި ކޮށްފައި ވެއެވެ.

މިލަންދޫ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ތެރޭގައި، ހޮޅި އެޅުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އާރްޑީސީ އިން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން 5.58 ކިލޯމީޓަރުގެ މަގު ހެދިގެން ދާނެއެވެ. އަދި މަގުތަކުގެ ސައިޑްވޯކްސް ހެދުމާއި ތާރު އެޅުމުގެ އިތުރުން ފެންް ހިންދުމުގެ ނިޒާމު ގާއިމު ކުރުން ހިމެނެއެވެ.

މި މަޝްރޫޢުގެ އަގަކީ 156،477،632.23 ރުފިޔާއެވެ. އަދި މިއީ މަޝްރޫޢަކީ 520 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

މިލަންދޫ މަގު ހެދުމުގެ މަޝްރޫޢު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރ އިން ރޯޑް ޑިވިލޮޕްމަންޓް ކޯޕަރޭޝަން އާ ހަވާލު ކޮށްފައި ވަނީ 2020 މާރޗް 12 ވަނަ ދުވަހުއެވެ.

މިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތުގައި އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައި ވަނީ ކަނބަލުންގެ ބަައިވެރިވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް