ބިދޭސީ އަންހެނަކަށް މަގުމަތިން ޖިންސީ ގޯނާކުރި ދިވެއްސަކު ހައްޔަރުކޮށްފި

ބިދޭސީ އަންހެނަކަށް މަގުމަތިން ޖިންސީ ގޯނާކުރި ދިވެއްސަކު މިއަދު ހައްޔަރުކޮށްފިއެވެ. މާލޭގައި މިއަދު ހިނގި މި ހާދިސާއާއި ގުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ. އެ ވީޑިއޯއިން ފެންނަގޮތުގ...

31 May 2021 | 14:45

ބިދޭސީ އަންހެނަކަށް މަގުމަތިން ޖިންސީ ގޯނާކުރި ދިވެއްސަކު މިއަދު ހައްޔަރުކޮށްފިއެވެ.

މާލޭގައި މިއަދު ހިނގި މި ހާދިސާއާއި ގުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ.

އެ ވީޑިއޯއިން ފެންނަގޮތުގައި ބިދޭސީ އަންހެނަކު މަގުމަތީގައި ތިބި ބައެއް ގާތު، ކުންފުންޏެއްގެ ސެކިއުރިޓީ ޔުނީފޯމެއްގައި ހުރި މީހަކާއި ގުޅޭ ޝަކުވާ ކުރާ މަންޒަރު ފެނެއެވެ.

ބިދޭސީ ފިރިހެނަކު، ދިވެހި އެ ފިރިހެން މީހާއާއި ދިމާއަށް ދާން އުޅުމުން، އެ އަންހެން މީހާ ބިދޭސީ ފިރިހެން މީހާގެ ގައިގާ ހިފަހައްޓާ މަންޒަރުވެސް ފެނެއެވެ. ފުލުހުން އެބަ އަންނަ ކަމަށް އެތާނގައި ތިބި ދިވެހިން ބުނާ އަޑުވެސް އިވެއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ލޮނުޒިޔާރަތް މަގުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް