ކޮވިޑްގައި މިއަދުގެ ދެވަނަ މަރު، ޖުމްލަ 160 އަށް

ކޮވިޑްގައި އިތުރު މީހަކު ނިޔާވެ، ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ ޖުމްލަ 160 އަށް އަރައިފިއެވެ. އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި، މިއަދު03:39 ގައި ނިޔާވެފައި ވަނީ62 އަހަރުގެ ދިވެހި ފިރިހެނެކެވެ. ...

31 May 2021 | 13:14

ކޮވިޑްގައި އިތުރު މީހަކު ނިޔާވެ، ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ ޖުމްލަ 160 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި، މިއަދު03:39 ގައި ނިޔާވެފައި ވަނީ62 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލުގެ11 ވަނަ ފަންގިފިލާގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ މީހެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

https://twitter.com/HPA_MV/status/1399351797525872644

މިއަދު ކޯވިޑްގައި އުމުރުން 83 އަހަރުގެ ދިވެހި އަންހެނަކުވެސް ނިޔާވެފައި ވެއެވެ. އެމީހާ ނިޔާވީ މިއަދު ހެނދުނު 6:37 ގައި އެވެ.

އެޗްޕީއޭއިން ބުނީ މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ ދެ މީހަކު ނިޔާވެފައި ވާއިރު، ކޯވިޑްގައި އިއްޔެ މީހަކު ނިާވެފައެއް ނުވެއެވެ. މިމަހަކީ އެންމެ ގިނަ މީހުން ކޯވިޑްގައި މަރުވި މަހެވެ.

އެގޮތުން އެންމެ ގިނަ މީހުން މަރުވި ދުވަހު 13 މީހުން ކޯވިޑްގައި މަރުވެފައިވެ އެވެ.

މިހާތަނަށް ރާޢްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 63،786 މީހުންނެވެ. އޭގެ ތެރެއިން 24،205 މީހަކަށް މިހާރުވެސް ދަނީ ފަރުވާ ދެމުންނެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 39،314 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް