ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، މުދާތައް ނީލަމުގައި ވިއްކާލުމަށް ނިމްމާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން ބުނެފިއެވެ.
މުދާ ބެލުމަށް ނަން ނޯޓް ކުރުން އޮންނާނީ 2021 ޖޫން 06ވަނަ ދުވަހުގެ 10:00 ކުރިން، ނީލަން މުދާބެލުމަށް އެދޭ ފޯމުhttps://rb.gy/masuvr ފުރިހަމަކޮށްގެން ކަމަށް އެމްޕީއެލްއިން ބުނެއެވެ.
މުދާ ބެލުން އޮންނާނީ 2021 ޖޫން 06 ވާ އާދީއްތަ ދުވަހުގެ 14:00 ގައި ކަމަށާއި މުދާބެލުމަށް ދާއިރު ޕޯޓް ގެ ޤަވާއިދާއެއްގޮތަށް (ބޫޓް، ވެސްޓް އަދި ހެލްމެޓް ހިފައިގެން) ދިއުމަށް އެމްޕީއެލްއިން އެދިފައިވެއެވެ.
މި ނީލަމުގައި ބައިވެރިވެވޭނީ 07 ޖޫން 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ނީލަމުގައި ބައިވެރިވުމަށް އެދި ނީލަމުގައި ރަޖިސްޓްރީ ކުރާ ފޯމު ފުރިހަމަކޮށް އެޑްވާންސް ޕޭމަންޓް ދައްކާ ފަރާތްތަކަށެވެ.
ނީލަން ކިއުން އޮންނާނީ 08 ޖޫން 2021 ވާ އަންގާރަ ދުވަހު 14:00 ން ފެށިގެން އެމްޕީއެލް ހެޑް އޮފީސް ގެ ބަނދަރު މާލަމު ގައެވެ.
ނީލަމާއިބެހޭ އިތުރު މަޢުލޫމާތު އެމްޕީއެލްގެ ކާގޯ ކްލިއަރެންސް ޑިޕާރޓްމެންޓް އަދި ވެބްސައިޓް އިން ލިބޭނެކަމަށް އެމްޕީއެލްއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް