މޫސުން ގޯސްވާނެތީ މުޅި ރާއްޖެއަށް ނެރެފައިވާ ވައިޓް އެލާޓުގެ ވަގުތު އިތުރު ކޮށްފި

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާ ވަގުތު އިތުރުކޮށްފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވެ ވައި ބާރ...

31 May 2021 | 12:02

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާ ވަގުތު އިތުރުކޮށްފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވެ ވައި ބާރުވާނެ ކަމަށެވެ.

ވައިޓް އެލާޓު ނެރެފައިވާ މުއްދަތު އިތުރު ކޮށްފައިވަނީ މިރޭ 9:00 ނިޔަލަށެވެ.

ވައި ޖެހޭ ކަމަށް ލަފާ ކުރަނީ ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދަ އެރުމުގެ ފުރުސަތު އެބައޮތްކަމަށް މެޓް އޮފީހުން ބުނެ އެވެ.

އެހެންވެ މޫސުމަށް ސަމާލުމަށް ވަނީ އިލްތިމާސްކޮށްފި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް