ރައީސް ޔާމީންގެ އިސްތަށިފުޅުގައި އަޅުވަނީ ހުސް ދޮގު އިލްޒާމްކަން މި ދަނީ ފާޅުވަމުން ކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ވަޒީރުންނަށް ފްލެޓްދޭން އެދިގެން އެކަން ކުރީގެ ރައީސް އަބްދުﷲ ޔާމީނު ނުކުރެއްވި ކަމަށް އެމަނިކުފާނުގެ ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ ވިދާޅުވުމާ ގުޅިގެން ޣައްސާން ވިދާޅުވީ، ރައީސް ޔާމީނު ޚިދުމަތް ކުރެއްވީ ދިވެހި ރައްޔިތުންނަށް ކަމަށެވެ. އަދި އެމަނިކުފާހު ހިންގެވި މަޝްރޫޢުތަކުގެ ފައިދާ ކުރަނީ މިޤައުމަށް ކަމަށެވެ.
ރައީސް ޔާމީންގެ އިސްތަށިފުޅުގައި އަޅުވަނީ ހުސް ދޮގު އިލްޒާމްކަން މިއޮއްދަނީ ފާޅުވަމުން ކަމަށާއި އިރާދަކުރެއްވިއްޔާ2023 ގެ ވެރިކަމަށް ރައްޔިތުންގެ ލޯތްބާއެކު ރައީސް ޔާމީން އިންތިޚާބު ކުރާނެކަމަށް ޣައްސާން ވިދާޅުވިއެވެ.
ޝައިނީ ކަމަށް ބެލެވޭ މީހަކާއި، އެހެންމީހަކާއި ދެމެދު ދެކެވުނު ވާހަކައެއްގެ އޯޑިއޯ ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާއިރު އެ އޯޑިއޯގައި ޝައިނީ ކަމަށް ބެލެވޭ މީހާ ބުނަނީ ސިފައިންނާއި ފުލުހުންނަށް، ނަރުހުންނާއި ޑަކުޓަރުންނަށް، ސިވިލް ސާވަންޓުންނަށް ފްލެޓް ދިން އިރު ވަޒީރުންގެ ތެރޭގައި ގޯތި ނެތް މީހުންނަށް ފްލެޓެއްގެ ހިސާބުވެސް ރައީސް ޔާމީން ނުދެއްވި ކަމަށެވެ.
“މިބުނާ ވާހަކައަކީ ވަޒީރުންގެ ތެރޭގަ ގޯތި ނެތް މީހުންނަށް ކީއްހޭ ވާނީ ފްލެޓެއް ދިނިއްޔާ، ހަމައެކަނި އެއަށް ލާރިދައްކާނޭ ޗާންސެއް ދޭށޭ” އޯޑިއޯގައި ވިދާޅުވެފައިވެއެއެވެ.
ވިދާޅުވެފައިވަނީ ތަންވެސް ހުރި ކަމަށާއި އަމީން ކޮންސްޓްރަކްޝަނުން ހަދަން އުޅޭތަނެއް، އީވައިސީން ވަޒީރުންނަށް އެސައިންވެސް ކުރި ކަމަށެވެ.
“އަހަރުމެން ނިކުމެގެން މިއައި ހުސްއަތާ، އިންސޯރެންސް ގަޑެއް، އެކައްޗެއްވެސް އަހަރުމެންނަށް އޮތީކީ ނޫން، ރައީސަކަށް ބުނެވޭކަށް ނޯންނާނެ، ޝައިނީ މިއަދު ކަމެއް ކޮއްދޭން ޖެހޭނޭ ތިމަންނަ މިވެނި ކަމެއް ކޮށްދިނީމޭ” ޝައިނީ ކަމަށް ބެލެވޭ ބޭފުޅާ ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް