މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ފަސްކޮށްފި އެވެ،
އެމްޓީސީސީން ބުނީ ޖަލްސާ ފަސް ކުރީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ހުއްދަ އާއެކު ކަމަށެވެ. އަދި މިހާރު އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ ތެރޭގައި ކަމަށް ބުނެ އެވެ.
އަހަރީ އާންމު ޖަލްސާ ފަސްކޮށްފައިވަނީ އެމްޓީސީސީގެ ހާއްސަ ގޮތުން ކުރި އާންމު ޖަލްސާ މެއި 16 ވަނަ ދުވަހު ބާއްވަން ޖެހުމާ ގުޅިގެންކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ސީއެމްޑީއޭގެ ހުއްދަ ލިބިފައިވުމުން ޖަލްސާ ފަސްކުރި ނަމަވެސް ޖޫން 30 ވަނަ ދުވަހުގެ ކުރިން އަހަރީ އާންމު ޖަލްސާ ބާއްވާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާދާރުންނަށް ހިއްސާ އަކަށް 3 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފައެވެ. މިދިޔަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 224.7 މިލިއަން ރުފިޔާއެވެ.
އެމްޓީސީސީން ބުނީ 2020 ވަނަ އަހަރަކީ އެ ކުންފުންޏަށް 40 އަހަރުގެ ދިގު މުއްދަތުގައި އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރުކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް