ދިއްފުށްޓަށް އުދަ އަރާތީ މަޖިލިސް މެމްބަރުން ކަންބޮޑުވެއްޖެ

ކ. ދިއްފުއްޓަށް ހުއްޓުމެއް ނެތި އުދަ އަރާ މައްސަލައިގައި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ. މި މައްސަލައިގައި ކަންބޮޑުވެ މަ...

31 May 2021 | 08:58

ކ. ދިއްފުއްޓަށް ހުއްޓުމެއް ނެތި އުދަ އަރާ މައްސަލައިގައި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

މި މައްސަލައިގައި ކަންބޮޑުވެ މަޖިލީހަށް ބަލައިގަތުމަށް 21 މެމްބަރުންގެ ވޯޓު ދިނެވެ. އަދި ކަންބޮޑު ނުވެ، މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 11 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.

ނަސީމް ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ މިފާއިތުވި ހަފްތާގައި ވަރަށް ބޮޑަށް ދިއްފުށްޓަށް އުދަ އަރަމުން އަންނަކަމަށާއި، އަދި އެކަމުގެ ސަބަަބުން ރައްޔިތުން ތިބީ ހާސްކަމެއްގެ ތެރޭގައި ކަމަށެވެ.

އެހެންކަމުން އުދައެރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ސަރުކާރަށް ގޮވާލާކަމަށް ކުއްލި މައްސަލައިގައިވެއެވެ.

ފާއިތުވި ހަފްތާގައި މެދު ރާއްޖެތެރޭގެ ގިނަ ރަށްތަކަކަށް އުދަ އެރާ، އެ ރަށްރަށުން އެ ކަމުގެ ކަންބޮޑުވުންފާޅުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް