މެމްބަރު މީކާއިލްއަށް ނޫސްވެރިން ގޯސްވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ މައުލޫމާތު ހާމަވުމުން އެވަހަކަ އެހެން ގޮތަކަށް ބަދަލުކުރުމަށް ބަޔަކު (ނޫސްވެރިން އަދި މީޑިއާ) މަސައްކަތް ކުރާކަމަށް ގަލޮޅު ދެކުނު ދ...

31 May 2021 | 07:33

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ މައުލޫމާތު ހާމަވުމުން އެވަހަކަ އެހެން ގޮތަކަށް ބަދަލުކުރުމަށް ބަޔަކު (ނޫސްވެރިން އަދި މީޑިއާ) މަސައްކަތް ކުރާކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއިލް މިފަދައިން ވިދާޅުވެފައިވަނީ، މަޖިލީހުގެ ރައިސް މުހައްމަދު ނަޝިދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ތެރޭގައި ތަފްސީލީ މައުލޫމާތު ހާމަވެފައިވާ މައްސަލައިގައި މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން މީކާއިލް ވިދާޅުވީ ރައީސް ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ މައުލޫމާތު ހާމަވުމުން އެވަހަކަ އެހެން ގޮތަކަށް ބަދަލުކުރުމަށް ބަޔަކު މަސައްކަތް ކުރާކަމަށެވެ. އެގޮތުން މަޖިލީހުގެ ކޮމިޓީއަކުން އަދި މަޖިލީހުން ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަތުމަށް މަސައްކަތް ކުރާކަމަށް ތުހުމަތުކޮށް ނުބައި ތަސައްވަރެއް ފެތުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ މި މައްސަލައިގައި ކަންބޮޑުވަނީ ދިފާއީ ބާރު ފޫގޮސްފައި އޮތްކަމަށް ފެންނާތީ ކަމަށާއި، އަދި ވަކިބައެއްގެ ރައްކާތެރިކަމަށް ހުރަސްއެޅޭ ގޮތަށް ވާހަކަތަކެއް ދައްކާފައި ހުރުމުންކަމަށެވެ. އަދި މި މައްސަލައަކީ ފުރިހަމައަށް ތަހުގީގުކޮށް އެމްއެންޑީއެފްގެ ތެރެއިން މިވާހަކަތައް މީޑިއާއަށް ލީކްކުރާ ފަރާތްތައް ދެނެގަނެ އެފަރާތްތަކަށް ހަރުކަށި ފިޔަވަޅުއެޅި، އެމްއެންޑީއެފްގެ ވަޒީފާއިން އެ ފަރާތެއް ދުރުކުރެވެންޖެހޭކަމަށް މީކާއިލް ވިދާޅުވިއެވެ.

މަޖިލީހުގެ ކޮމިޓީން މި މައްސަލަ ތަހުގީގު ކުރާ ކަމަށް ބުނުމުން، މަސްދަރު ހޯދަން އުޅެފާނެތީ ނޫސްވެރިންގެ ޖަމިއްޔާ އަދި މީޑިއާ ކައުންސިލާއި އެޑިޓަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައެވެ. އަދި މީޑިއާތަކުން ވަނީ މި ބަޔާންތަކަށް ހަވާލާދީ ޚަބަރު ގެނެސްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް