މާރިޔާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ނުކެރިގެން އުޅެނީ ކީއްވެތޯ ސުވާލު އުފައްދައިފި

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ ތަފްސީލީ މައުލޫމާތުތަކެއް ހާމަވުމުން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ އިތުބާރު ނެތްކަމަށް ނަގަން ނުކެރިގެން އުޅެންވީ ކީއްވެތޯ ފޭދޫ ދާއިރާގެ މެމ...

31 May 2021 | 07:12

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ ތަފްސީލީ މައުލޫމާތުތަކެއް ހާމަވުމުން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ އިތުބާރު ނެތްކަމަށް ނަގަން ނުކެރިގެން އުޅެންވީ ކީއްވެތޯ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ސުވާލު އުފައްދަވައިފިއެވެ.

ނިހާދު މިހެމް ވިދާޅުވީ މަޖިލީހުގެ ރައިސް މުހައްމަދު ނަޝިދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ތެރޭގައި ތަފްސީލީ މައުލޫމާތު ހާމަވެފައިވާ މައްސަލައިގައި މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.

ނިހާދު ވިދާޅުވީ މޭ 6 ވަނަ ދުވަހު ރައިސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ މުޅިޤައުމަށް އަމާޒުކޮށް ދީފައިވާ ޓެރަރިސްޓް ހަމަލާއެއްކަމަށެވެ. ނިހާދު ވިދާޅުވީ ހަމަލާއަށް މިއަދާހަމައަށް 25 ދުވަސް ވީއިރު ކުރެވުނު ކަމެއް ނެތްކަމަށެވެ.

މީގެ އިރުރުން، ނިހާދު ވިދާޅުވީ އިންޓަނެޓް އަގުހެޔޮ ނުކުރި ކަމަށް ބުނެ މަލީހްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރި ކަމަށާއި، އަދި އެގޮތަށް އެކި ވަޒީރުންނާގެ ކަންކަމުގައި ކުރަންޖެހުނު މަސައްކަތްތައް ކުރި ކަމަށެވެ.

މިމައްސަލައިގައި ކޮންމެ މެމްބަރަކުވެސް ތެދުވެ ވާހަކަދައްކާއިރު އެމްއެންޑީއެފްގެ އިހުމާލު އޮތްކަމަށް ބުނަމުން އަންނަކަން ފާހަގަކޮށް ނިހާދު ވަނީ ޑިފެންސް މިނިސްޓަރު މާރިޔާގެ އިތުބާރު ނެތްކަމަށް ނަގަން ނުކެރިގެން އުޅެނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.

ނިހާދު ވިދާޅުވީ މިކަން ރަނގަޅަށް ނުބެލި ދެން ސަލާމަތްތެރިކަން ޔަގީން ނުކުރެވޭނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް