ފަރެސްމާތޮޑާ މޮނިޓަރިންއަށް، ޕޮސިޓިވްވީ މާލެ ދަތުރުކުރާ ބޯޓަކުން ދިޔަ މީހަކު

ގދ. ފަރެސްމާތޮޑާ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ. ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ފަރެސްމާތޮޑާ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައ...

31 May 2021 | 06:53

ގދ. ފަރެސްމާތޮޑާ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ފަރެސްމާތޮޑާ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. ފަރެސްމާތޮޑާ މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދާ ނިމެންދެންނެވެ.

މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި އެ ރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.

އެޗްޕީއޭއިން ބުނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު އެ ރަށުގައި ފަށާފައިވާ ކަމަށެވެ.

އެރަށުން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ މާލެ ދަތުރު ކުރާ ބޯޓަކުން އެ ރަށަށް ދިޔަ މީހެކެވެ. އެމީހާ އާއި ގުޅުން ހުރި ފަސް ގެއެއް މިހާރު ވަނީ ކަރަންޓީން ކޮށްފަ އެވެ.

މިއަދު ހުރާ މޮނިޓަރިންގެ ހާލަތަށް ގެނައި އިރު އޭގެ ކުރިން އެންމެ ފަހުން މޮނިޓަރިންގެ ހާތަލަށް ގެނެސްފައިވަނީ އިއްޔެ ބ. ކެންދޫ އެވެ. މި ރަށްތަކާއި އެކު މިވަގުތު މޮނިޓަރިންގެ ހާލަތުގައި 73 ރަށެއް އެބައޮތެވެ.

މޮނިޓަރިންގެ ހާލަތުގައި އޮންނަތާ އެންމެ ގިނަ ދުވަސްވެފައިވަނީ ޅ. ނައިފަރެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ.

އެޗްޕީއޭއިން އަލަށް އެކުލަވާލި ގައިޑްލައިންގެ ދަށުން މޮނިޓަރިންއަށް ލާ ހުރިހާ ރަށެއްގައި ކާފިއު ހިންގާ ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފަ އެވެ. އަދި މީގެ ތެރެއިން ކޯވިޑް ބޮޑަށް ފެތުރެމުންދާ ރަށްތަކުގައި ކާފިއު ވަގުތު ދަނީ އިިތުރު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް