ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 38 އަހަރުގެ މީހަކު ހައްޔަރުކޮށްފި

މެދު ރާއްޖެތެރޭ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ މީހަކު ހައްޔަރުކޮށްފި އެވެ. މި މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ފުލުހުން ބުނ...

31 May 2021 | 06:10

މެދު ރާއްޖެތެރޭ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ފުލުހުން ބުނީ ޖިންސީ ގޯނާގެ ޝިކާރައަކަށްވީ އުމުރުން 16 އަހަރުގެ ކުއްޖެއް ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައިގަ އުމުރުން 38 އަހަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި ހާދިސާ ހިނގާފައިވަނީ ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އެވެ. އެއީ ކ، އއ، އދ އަދި ވ އަތޮޅު ހިމެނޭ ސަރަހައްދެވެ.

އިތުރު ތަފްސީލް އަދި ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކަކީ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރާނެ މައްސަލަތައް ކަމަށެވެ. އެގޮތުން މި މައްސަލަވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް