މޫސުމަށް ސަމާލުވޭ، މުޅި ރާއްޖެ ވައިޓް އެލާޓުގައި

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވެ ވައި ބާރުވާނެ ކަމަށެވެ. ވައިޓް އ...

31 May 2021 | 04:36

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވެ ވައި ބާރުވާނެ ކަމަށެވެ.

ވައިޓް އެލާޓު ނެރެފައިވަނީ މިއަދު ހެނދުނު 9:00 ން މެންދުރު ފަހު 3:00 އަށެވެ.

ވައި ޖެހޭ ކަމަށް ލަފާ ކުރަނީ ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދަ އެރުމުގެ ފުރުސަތު އެބައޮތްކަމަށް މެޓް އޮފީހުން ބުނެ އެވެ.

އެހެންމެ މޫސުމަށް ސަމާލުމަށް ވަނީ އިލްތިމާސްކޮށްފި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް