އެމްއެންޑީއެފް އިން ނައިޓް ފަޔަރިންގ ތަމްރީނުތަކެއް ކުރިއަށް ގެންދަނީ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ ނައިޓް ފަޔަރިންގ ތަމްރިނުތަކެއް 01 ޖޫން 2021 އިން 03 ޖޫން އަށް އަދި 05 ޖޫން 2021 ވަނަ ދުވަހުގެ 08:00 އިން 17:00 އަށް ކުރިއަށް...

30 May 2021 | 19:21

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ ނައިޓް ފަޔަރިންގ ތަމްރިނުތަކެއް 01 ޖޫން 2021 އިން 03 ޖޫން އަށް އަދި 05 ޖޫން 2021 ވަނަ ދުވަހުގެ 08:00 އިން 17:00 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެގޮތުން ކ،ހުޅުމާލޭގެ އިރުމަތިން 07 ނޯޓިކަލް މޭލު ބޭރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރުމަށް ހަމަޖެހިފައިވެއެވެ.

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ބޭނުންކުރާ އިރު ހަތިޔާރު /ޕައިރޯޓެކްނިކްސް އަކަށް ބޭނުން ކުރާނީ މެޝިން ގަން ކަމަށާއި ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 5000 މީޓަރު ކަމުގައި އެމްއެންޑީއެފް އިން ބުނެއެވެ.

މީގެ އިތުރުން ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިނެއްކަމަށް އެމްއެންޑީއެފް އިން ބުނެފައި ވަނީ 100 މީޓަރެވެ. އަދި ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިނެއްކަމަށް ކަނޑައަޅާފައި ވަނީ ސީ ލެވެލް އެވެ.

އެހެންކަމުން، މި ސަރަޙައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް