އިހަވަންދޫ ހުރިހާ ކައުންސިލަރުން އަނެއްކާވެސް ސަސްޕެންޑުކޮށްފި

ހއ. އިހަވަންދޫ ހުރިހާ ކައުންސިލަރުން އަނެއްކާވެސް ސަސްޕެންޑު ކޮށްފި އެވެ. މިފަހަރު ސަސްޕެންޑު ކުރީ ހައުސިންގް މިނިސްޓްރީގެ މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ކުރަމުން ދިޔަ މަސައްކަތަކަށް ހުރަސް އެޅި ކ...

31 May 2018 | 17:40

ހއ. އިހަވަންދޫ ހުރިހާ ކައުންސިލަރުން އަނެއްކާވެސް ސަސްޕެންޑު ކޮށްފި އެވެ.

މިފަހަރު ސަސްޕެންޑު ކުރީ ހައުސިންގް މިނިސްޓްރީގެ މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ކުރަމުން ދިޔަ މަސައްކަތަކަށް ހުރަސް އެޅި ކަމަށް ބުނެ ތިން މަސް ދުވަހަށެވެ. މިކަން އެލްޖީއޭއިން ވަނީ މީޑިއާގައި ކަށަވަރުކޮށްދީފަ އެވެ.

އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ އެ ފަސް ކައުންސިލަރުން ސަސްޕެންޑްކުރީ މުސާރަ ނުލިބޭ ގޮތަށެވެ. މުސާރައާއި އިނާޔަތް ނުލިބޭ ގޮތަށް އިހަވަންދޫ ކައުންސިލަރުން ސަސްޕެންޑް ކުރި މިއީ ދެވަނަ ފަހަރެވެ.

އެންމެ ފުރަތަމަ ސަސްޕެންޑު ކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެފަހަރުވެސް ސަސްޕެންޑު ކުރީ މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް ތިން މަސްދުވަހަށެވެ. އެފަހަރު ސަސްޕެންޑު ކުރީ އެ ރަށުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމުގައި އެއްބާރުލުން ނުދިން ކަމަށް ބުނެ އެވެ.

އެލްޖީއޭ އިން މިހާރު ވަނީ، އެ ރަށު ކައުންސިލަރުން ތިން ވަނަ ފަހަރަށް ސަސްޕެންޑުކުރަން ޖެހިއްޖެނަމަ އެ ކައުންސިލް އުވާލަން ހައި ކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް