މިއަދު މިއޮތީ މާބަލް ހޮޓެލުން ރޯދަ ވީއްލުމުގެ ފުރުސަތު

ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި މިއަދު މި ގެނެސްދެނީ މާބަލް ހޮޓެލްގެ ރޯދަ މެނޫ އެވެ. މި ޕޯސްޓް ފޭސްބުކްގައި ޝެއަރ ކުރައްވައިގެން ދެ ބޭފުޅަކަށް ރޯދަވީއްލުން ލިބުމުގެ ފުރުސަތު ލިބިގެންދާއިރު ތިން އ...

31 May 2018 | 02:09

ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި މިއަދު މި ގެނެސްދެނީ މާބަލް ހޮޓެލްގެ ރޯދަ މެނޫ އެވެ.

މި ޕޯސްޓް ފޭސްބުކްގައި ޝެއަރ ކުރައްވައިގެން ދެ ބޭފުޅަކަށް ރޯދަވީއްލުން ލިބުމުގެ ފުރުސަތު ލިބިގެންދާއިރު ތިން އަގެއްގައި ތިން މެނޫއެއް މާބަލް ހޮޓެލް އިން ހިއްސާ ކޮށްފައި ވެ އެވެ.

އެގޮތުން މާބަލް ސަން ޑައުން 195 މެނޫގައި ތާޒާ ކަރާ ފަންޏާއި ކިއުކަމްބާ މިންޓް ފެނާއި ބަޖިޔާ އާއި ޗިކަން އަދި މަޝްރޫމް ޕިއްޒާގެ އިތުރުން ކުޅި ސަމްބޯލް މަސްރޮއްޓާއި ޓޫނާ މަޔޯ ސޭންޑްވިޗް ހިމަނާފައި ވެ އެވެ. ބަޓަރ ނަޓް ސޫޕާއި ސްކޮއޭޝް ބިސްކް ސޫޕްގެ ގޮތުގައި ހިމަނާފައިވާއިރު ޓޮމާޓޯ، ކިއުކަމްބާ އަދި އޮލިވް ސެލެޑާއި ބަށި މަސްހުންޏާއި ފަތު ސަޓަނި ވެސް މި މެނޫގައި ހިމަނާފައިވެ އެވެ.

މެއިން ޑިޝަސްގެ ގޮތުގައި ހާބް ރައިސް އާއި ރޮށި، ވާމިސެލީ މެލޭ ސްޓައިލް އާއި އޮރެންޖް ޗިކަން އާއި ޖީރާ އާލޫ ހިމަނާފައި ވެ އެވެ. ޑެޒަޓްގެ ގޮތުގައި ކްރެކާޒް އެންޑް ކްރީމް ޓްރެފަލް އާއި ތާޒާ މޭވާ ހިމަނާފައި ވެ އެވެ. މި މެނޫ ހާއްސަ ކޮށްފައިވަނީ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހަށެވެ.

މާބަލް ސަންސެޓް 225 މެނޫއަށް ބަލައިލާއިރު ތާޒާ ކަރާ ފަންޏާއި ޕައިނެޕަލް މިންޓް ވޯޓަރ އާއި ކުޅިބޯކިބާ، މާބްލިއްޒާ ސްޕެޝަލް ޕިއްޒާ، ކަވާބު އަދި ޗިކަން ސަލާމީ ސޭންޑްވިޗް ހިމަނާފައި ވެ އެވެ. ސޫޕްގެ ގޮތުގައި ސްވީޓް ކޯން ސޫޕް ހިމަނާފައިވާއިރު އަލުވި ސެލެޑާއި ދިވެހި މަސްހުންޏާއި ފަތު ސަޓަނިވެސް މި މެނޫގައި ހިމަނާފައި ވެ އެވެ.

މި މެނޫގެ މެއިން ޑިޝަސް އަށް ބަލައިލާއިރު މިކްސް ވެޖްޓަބަލް ފްރައިޑް ރައިސް، ރޮށި، ޕާސްތާ ކާބޮނާރާ، ބީފް އިން މަޝްރޫމް ސޯސް، ދިވެހި ބިސް ރިހަ އަދި ބީންސް ޓެމްޕޫރާ ހިމަނާފައި ވެ އެވެ. ޑެޒަޓްގެ ގޮތުގައި ކްރީމް ކެރަމަލް އާއި އިންގްލިޝް ފްރުޓް ޓްރިފަލް ހިމަނާފައި ވެ އެވެ. މި މެނޫ ހާއްސަ ކޮށްފައިވަނީ ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހަށެވެ.

ތިންވަނަ މެނޫ ކަމުގައިވާ މާބަލް ޓްވިލައިޓް 255 މެނޫއަށް ބަލައިލާއިރު ބުއިމުގެ ގޮތުގައި ކުރުނބާ ފަންޏާއި، ތާޒާ ކަރާ ފަންޏާއ ސޮފްޓް ޑްރިންކް ހިމަނާފައި ވެ އެވެ. ސޫޕްގެ ގޮތުގައި ކްރީމް އޮފް ޗިކަން ސޫޕް ހިމަނާފައިވާއިރު ސްޓާޓާސްގެ ގޮތުގައި ފުއްގުޅަ، ޗިކަން ޕެޓީސް، މަސާލާ އޮމްލެޓް އަދި ޗިކަން ތަންދޫރީ ޕިއްޒާ ހިމަނާފައި ވެ އެވެ. ސެލެޑްގެ ގޮތުގައި ބަރަބޯ މަސްހުންޏާއި ޗިކަން ވިތު ކެޝޫ ސެލެޑް އަދި ފަތު ސަޓަނި ހިމަނާފައި ވެ އެވެ.

މި މެނޫގެ މެއިން ޑިޝަސް އަށް ބަލައިލާއިރު ޗިކަން ބިރިޔާނީ ވިތު ރައިތާ، ރޮށި، ފަރާޓާ، ބީފް ލަޒާނިޔާ، ޗިކަން ކޯރމާ އަދި ވެޖްޓެބަލް ޗޮޕް ސުއޭ ހިމަނާފައި ވެ އެވެ. މި މެނޫ ހާއްސަ ކޮށްފައިވަނީ ހުކުރު ދުވަހަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް