އަފްގާނިސްތާނުގެ ރައީސްގެ ގެ ކޮޅު ކައިރީ ބާރުގަދަ އެއްޗެއް ގޮއްވާލާ 49 މީހުން މަރާލައިފި

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި އެ ގައުމުގެ ރައީސްގެ ގެ ކޮޅު ހިމެނޭ ސަރަހައްދުގައި ބާރުގަދަ އެއްޗެއް ގޮއްވާލާ 49 މީހުން މަރާލައިފި އެވެ. ޒަންބާގް ސްކޮޔާ ކިޔާ އެ ސަރަހައްދުގައި މިއަދު ހެނދުނު ބާރު...

31 May 2017 | 08:04

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި އެ ގައުމުގެ ރައީސްގެ ގެ ކޮޅު ހިމެނޭ ސަރަހައްދުގައި ބާރުގަދަ އެއްޗެއް ގޮއްވާލާ 49 މީހުން މަރާލައިފި އެވެ.

ޒަންބާގް ސްކޮޔާ ކިޔާ އެ ސަރަހައްދުގައި މިއަދު ހެނދުނު ބާރު ގަދައެއްޗެއް ގޮއްވާލީ ކާރޫބާރޫ ބޮޑު ވަގުތެއްގައި އެވެ. އަފްގާން ހެލްތް މިނިސްޓްރީގެ ތަރުޖަމަނާހާ ހަވާލާދީ ނިއުޔޯކް ޓައިމްސްގައި ރިޕޯޓުކޮށްފައިވާގޮތުގައި މިހާދިސާގައި 49 މީހުން މަރުވެ 320 މީހުން ޒަހަމްވެފައިވެ އެވެ. އަދި ޒަހަމްވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ވަނީ ބެލެވިފައި އެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވި ނޫސްވެރިންނާއި ހަވާލާ ދީ ރިޕޯޓުތައް ބުނާގޮތުގައި ގޮވުން ގޮއްވާލިތާ ދެ ގަޑި އިރުވީ އިރުވެސް އަލިފާނާ ދުން ކޮންޓްރޯލެއް ނުވެ އެވެ. އަދި ގޮވި ވަގުތު ބުރައިގެން ދިޔަ އެއްޗެހިތައް އެ ސަރަހައްދުގައި ހުރި އެތައް އިމާރާތަކަށާއި ސްކޫލްތަކަށް ގޮސް ބިއްލޫރިތައް ތަޅައިގެން ގޮސް އިމާރާތްތަކުގައި ތިބި މީހުންނަށް ވެސް ވަނީ އަނިޔާވެފައި އެވެ. އެ ސަރަހައްދުގައި ހުރި ޓީވީ ސްޓޭޝަނަކަށްވެސް ބޮޑެތި ގެއްލުންތަކެއްވި އެވެ.

ބޮން ގޮއްވާލި ސަރަހައްދަކީ ގިނަ އަދަދެއްގެ ބޭރު ގައުމުތަކުގެ އެމްބަސީތައް ހުންނަ ސަރަހައްދެކެވެ. މި ހާދިސާގައި އެ ތަންތަނަށް ލިބުނު ގެއްލުމެއް އަދި ނޭނގެ އެވެ. އެ ސަރަހައްދަކީ ވަރަށް ބޮޑަށް ސެކިއުރިޓީ ވަރުގަދަ ކުރެވިފައިވާ ސަރަހައްދެކެވެ.

އެ ގޮވުން ގޮވި ގޮތް އަދި ހޯދިފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް