އުތުރާއި މެދު ރާއްޖެ ތެރެއަށް ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހި ގުގުރާނެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ އުތުރާ މެދު ރާއްޖެ ތެރެއަށް ގަދަވަޔާއި އެކު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ. މެޓް އޮފީހުން ވަނީ އުތ...

31 May 2017 | 07:38

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ އުތުރާ މެދު ރާއްޖެ ތެރެއަށް ގަދަވަޔާއި އެކު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.

މެޓް އޮފީހުން ވަނީ އުތުރުގެ އަތޮޅުތަކަށާއި މެދު ރާއްޖެ ތެރެއަށް މެންދުރު ހެނދުނު 11:30 ހަވީރު 5:30 ށް ވައިޓް އެލާޓު ނެރެފައި އެވެ. މެތް އޮފީހުން ބުނީ ހާއްސަކޮށް މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާ ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެގޮތުން އާންމު ގޮތެއްގައި 23 މޭލާއި 29 މޭލާއި ދެމެދުގައި ވައި ޖެހުނަސް ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން ވަނީ މި ވަގުތުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނަސޭހަތްތެރިވެފައި އެވެ.

އުތުރުގެ ކަނޑުތައް އާދައިގެ ވަރަށް މަޑުވިޔަސް ވިލާގަނޑުގައި ގަދަވާނެ އެވެ. މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

އެމްއެންޑިއެފްއިން ވަނީ ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް