ކޯޓަށް ހާޒިރު ނުވާތީ، މީހަކު ހޯދަން އިއުލާނު ކޮށްފި

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅ...

31 May 2017 | 07:18

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

މި އަމުރާއި ގުޅިގެން ހޯދަމުންދަނީ ސ.ހިތަދޫ/ ހައިސިންތުމާގެ، ޢަބްދުﷲ ނަސީމް (59އ) އެވެ.

ފުލުހުން ބުނީ މިމީހާ ހޯދަމުންދަނީ، ބެންކްއޮފް މޯލްޑިވްސް އިން ދަޢުވާކުރާ ޙުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޟިރުނުވާތީ ބަންދުގައި ބަހައްޓައިގެން 2017 ޖޫން 1 ވަނަ ދުވަހު ކޯޓަށް ހާޒިރުކުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާއި ގުޅިގެން ކަމަށެވެ.

ޢަބްދުﷲ ނަސީމް އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް