ސަމާ އައިލެންޑު ރިސޯޓުގެ ލޯންޗަކާއި ރީތި ރަށް ރިސޯޓު ކައިރީގައި އޮތް ސަޕްލައި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާ ލިބުނު ދެ މީހަކު ނޭވާ ލަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް އޭޑީކޭއިން ބުނެފި އެވެ.
އޭގެ ތެރެއިން ހަތަރު މީހަކަށް ދަނީ އޭޑީކޭ އައިސީޔޫގައި ފަރުވާދެމުންނެވެ. އެ ހޮސްޕިޓަލުން ބުނީ އަނެއް ދެމީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލުގެ ޖެނެރަލް މެނޭޖަރު އަހުމަދު އައްފާލް ވިދާޅުވީ އޭގެތެރެއިން އެކަކުގެ ބޮލުގެ އޮޕަރޭޝަނެއް ކޮށްފައިވާއިވާ ކަމަށެވެ. ވެންޓިލޭޓަރުގެ އެހީގައި ނޭވާ ލަމުންދާ ދެމީހުންގެ ހާލަތާއި ގުޅޭގޮތުން އެއްޗެއް ހާމަ ކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ރޭގެ އެކްސިޑެންޓުގައި އަނިޔާވެގެން 14 މީހަކު އޭޑީކޭގައި އެޑްމިޓް ކުރި އެވެ. އޭގެ ތެރެއިން ފަރުވާ ދިނުމަށް ފަހު ހަތް މީހަކު ދޫކޮށްލާފައިވާއިރު އެޑިމިޓްކޮށްފައިވާ މީހުންގެ ތެރޭގައި ބިދޭސީއަކު ހިމެނެ އެވެ.
މި އެކްސިޑެންޓު ހިނގި ގޮތާއި ގުޅޭގޮތުން އެމްއެންޑީއެފް ކޯސްޓްގާޑުން ބުނީ ސަޕްލައި ދޯނީގައި ލޯންޗު ޖެހުނީ ދޯނީގައި އެއްވެސް އަލި ކަމެއް ނެތުމުން ލޯންޗު ކެޕްޓަންއަށް ދޯންޏެއް އެ ސަރަހައްދުގައި އޮތްކަން ނޭނގިގެން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް