ހިއްސާ އަކަށް 51 ރުފިޔާ ބަހަން އެސްޓީއޯއިން ފާސްކޮށްފި

މިދިޔަ އަހަރު އެސްޓީއޯއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 51 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފި އެވެ. ރޭ ދަރުބާރުގޭގައި ބޭއްވި އެ ޖަލްސާގައި ހިއްސާއަކަށް 51 ރުފިޔާ ބަހަން ...

31 May 2017 | 03:01

މިދިޔަ އަހަރު އެސްޓީއޯއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 51 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފި އެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި އެ ޖަލްސާގައި ހިއްސާއަކަށް 51 ރުފިޔާ ބަހަން ފާސްކުރި ވޯޓު ނަގާފައިވަނީ އަލަށް އެސްޓީއޯއިން ތައާރަފް ކުރި އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް މެދުވެރި ކޮށެވެ. ރޭގެ ޖަލްސާގައި 172 ހިއްސާދާރުން ބައިވެރިވި އެވެ.

ރޭޖެ ޖަލްސާގައި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމަށް 97.3 ޕަސެންޓް ވޯޓުން މުހައްމަދު ފަރުސަތު ވަނީ ހޮވާފައި އެވެ. މިއީ އެ މަގާމަށް އޭނާ ހޮވުނު ތިންވަނަ ފަހަރެވެ.

މިދިޔަ އަހަރު އެސްޓީއޯއިން ހިއްސާއަކަށް ބަހާފައިވަނީ 57 ރުފިޔާ އެވެ.

އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި 288 މިލިއަން ރުފިޔާ މިދިޔަ އަހަރު ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި އެސްޓީއޯ ގްރޫޕުގެ ދަށުން ހިނގާ ހުރިހާ ކުންފުންޏަކަށް ޖުމްލަ 430.6 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިފައިވެއެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް