ރާއްޖެޓީވީގައި "ދިރިއުޅުމަކީ މީބާ" ދެއްކެން ނެތްކަމަށް އަންގައިފި

ރާއްޖެޓީވީގައި "ދރިއުޅުމަކީ މީބާ" ދެއްކުމަށް 3 ދުވަހަށް ވެފައިވަނީކޮން އެޓީވީއިން މިއަދު ވަނީ "ދިރިއުޅުމަކީ މީބާ" ރާއްޖެޓީވީގައި ދެއްކެން ނެތްކަމަށް އަންގާފައިވާކަމަށް ޔޫސުފް ރަފީއު (ޔޫސޭ) ބުނެފި އެވެ...

31 May 2017 | 02:11

ރާއްޖެޓީވީގައި "ދރިއުޅުމަކީ މީބާ" ދެއްކުމަށް 3 ދުވަހަށް ވެފައިވަނީކޮން އެޓީވީއިން މިއަދު ވަނީ "ދިރިއުޅުމަކީ މީބާ" ރާއްޖެޓީވީގައި ދެއްކެން ނެތްކަމަށް އަންގާފައިވާކަމަށް ޔޫސުފް ރަފީއު (ޔޫސޭ) ބުނެފި އެވެ.

ޔޫސޭގެ ފޭސްބުކް ޕޭޖްގައި އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ "ތިޔަ ބެލުންތެރިންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން 1438 ވަނަ އަހަރުގެ "ދިރިއުޅުމަކީ މިއީބާ" ގެ ސިލްސިލާ ރާއްޖެޓީވީ އިން ދެއްކުމަށް ހަމަޖެހި ދެފަރާތުން ސޮއި ކޮށްފައިވަނީ 11 އޭޕްރީލް 2017 ގައި ރާއްޖެޓީވީގައެވެ. އަދި ޓީމުގެ ބުރަ މަސައްކަތުން އެޕިސޯޑްތައް ވަނީ ޝޫޓްކޮށްފައި" ކަމަށެވެ.  އަދި  17 މެއި އިން ފެށިގެން ފުރަތަމަ ޓްރޭލާ ވަނީ ރާއްޖެ ޓީވީއިން ރޭ ފަތިސް ވަންދެން ދައްކާފައެވެ. އެތައް ފަހަރަކު "ދިރިއުޅުމަކީ މީބާ" ގެނެސްދޭނެ ކަމަށް ޚަބަރާއި ޝޯތަކުގައި ހާމަކޮށް، އެޓީވީގެ ވެބްސައިޓްގެ ޚަބަރު ޖެހުމަށްފަހު ފުރަތަމަ އެޕިސޯޑް ނިންމާ ރާއްޖެ ޓީވީއަށް ދިންތާ އެތައް ދުވަހެއް ފަހުން "ރާއްޖެޓީވީ އިން ދިރިއުޅުމަކީ މިއީބާ" ދެއްކެން ނެތް ކަން އެނގުމަކީ އަޅުގަނޑު ވަރަށް ހިތާމަ ކުރާ ކަމެކެވެ. އެންމެ ބޮޑު ހިތާމައަކީ ރާއްޖެޓީވީއިން ދެއްކެން ނެތްކަމުގައި މަޤްބޫލު އުޒުރެއް ދެއްކިފައިނުވާތީ ކަމަށެވެ.

"އެހެންކަމުން މިވާހާކަ ހުރިހާ ބެލުންތެރިންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. އަދި ބެލުންތެރިންގެ ކިބައިން ނިހާޔަތަށް މައާފަށްވެސް އެދެމެވެ. ގިނަ ބަޔަކު ޓްރޭލާ އާންމުކުރުމާއި އެކު އިންތިޒާރުގައި ތިބުމުން ރާއްޖެޓީވީއިން ދެއްކޭތޯ އެންމެ ފަހުވަގުތާއި ޖެހެންދެން މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބުވާ ގޮތްވަނީ ނުވެފައެވެ. " ޔޫސޭގެ ބަޔާނުގައި ބުނެފައި ވެ އެވެ.

އެ ބަޔަނުގައި ބުނެފައިވަނީ ރާއްޖޭޓީވީއިން "ދިރިއުޅުމަކީ މީބާ" ނުދެއްކުނީ ބުޚާރީ ފިލްމްގެ އެއްވެސް އިހުމާލެއް އޮވެގެންނޫން ކަމަށްވެސް ދަންނަވަމެވެ. އަދި މިފަދަ ގޮތަކަށް ރާއްޖެޓީވީ އިން ކަންކުރީތީ ހިތާމަ ކުރާ ކަމަށާއި ރާއްޖެޓީވީއިން ދިރިއުޅުމަކީ މިއީބާ ނުދެއްކި ނަމަވެސް ކުރިން ހަމަޖެހިފައިވާ ގޮތަށް ސަންޓީވީއިން ދައްކާނެއެވެ. އަދި ރާއްޖެޓީވީ އިން ދެއްކުމަށް ތައްޔާރު ކުރި އެޕިސޯޑްތައް ތިޔަ ބެލުންތެރިންނާއި ހަމައަށް ގެނެސްދޭނެކަމުގެ ޔަގީންކަންދޭ ކަމަށެވެ. އަދި "ދިރިއުޅަމަކީމިއީބާ" އަށާއި "ޔޫސޭ"އަށް ތިޔަ ބަހައްޓަވާ ގާތްކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

މިކަމާއި ބެހޭގޮތުން ރޭގައި ދުވަހަށް މައުލޫމާތު ދެއްވަމުން ރާއްޖެ ޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒު މޫސާ ވިދާޅުވީ ރާއްޖެ ޓީވީން ދިރިއުޅުމަކީ މިއީބާ ދެއްކުމާއިމެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. ގޮތެއް ނިންމާނީ މިއަދު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް