ގަވައިދާ ހިލާފަށް އުޅުނޭ ބިދޭސީންތަކެއް ހައްޔަރުކޮށްފި

ސައްހަ ލިޔެ ކިއުމެއް ނެތި ގަވާއިދާ ހިލާފަށް އުޅުނު 24 ބިދޭސީން ހައްޔަރުކޮށްފި އެވެ. އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި އެ ބިދޭސީން ހައްޔަރުކޮށްފައިވަނީ އެ ޑިޕާޓްމެންޓުން ކުރިއަށް ގެންދިޔަ ރޫޓީން އި...

31 May 2015 | 14:45

ސައްހަ ލިޔެ ކިއުމެއް ނެތި ގަވާއިދާ ހިލާފަށް އުޅުނު 24 ބިދޭސީން ހައްޔަރުކޮށްފި އެވެ.

އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި އެ ބިދޭސީން ހައްޔަރުކޮށްފައިވަނީ އެ ޑިޕާޓްމެންޓުން ކުރިއަށް ގެންދިޔަ ރޫޓީން އިންސްޕެކްޝަނެއްގައި ދަތުރުވެރިންގެ މާރުކޭޓް ހެދުމުގެ މަސައްކަތްތަކުގައި މަސްއޫލުވެ އުޅެމުންދަނިކޮށެވެ. އެ ޑިޕާޓްމެންޓުން ބުނެފައިވަނީ އެ ފަރާތްތަކާ މަސައަކަތް ހަވާލު ކުރި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

މި ބިދޭސީންތައް ހައްޔަރު ކޮށްފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ.

މި މައްސަލައާއި ގުޅިގެން އިމިގްރޭޝަނުން ވަނީ އެފަދަ މަސައްކަތްތައް ކުރުވާ ދިވެހިންނަށް ސައްހަ ނޫން ލިޔެކިޔުން ނެތް ބިދޭސީންލައްވާ މަސައްކަތް ނުކުރުމަށް ނަސޭހަތްތެރިވެފަ އެވެ.

އިމިގްރޭޝަނުން ބުނީ އެ ޑިޕާޓްމަންޓުން ކުރިޔަށް ގެންދާ ތަފާޓު އޮޕަރޭޝަން ތަކުގައި މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް، ގާނޫނާ ހިލާފަށް އުޅެމުންދިޔަ 2000 އަށް ވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލެވިފައިވާ ކަމަށެވެ.

މިދިޔަ ހަފްތާގައި ލ. އަތޮޅުގައި ހިންގި އޮޕަރޭޝަނެއްގައިވެސް ވަނީ ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް ހައްޔަރުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް