މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް އޭވިއޭޝަން ފިއުލް އާއި މެރިން ގޭސް އޮއިލް ސަޕްލައި ކޮށްދިނުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އާ އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފި އެވެ.
އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ތެޔޮ ސަޕްލައިކޮށްދިނުމުގެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަހީރެވެ.
މިދިޔަ ދެ އަހަރުވެސް އެމްއޭސީއެލްއިން ހިންގާ އިބްރާހިމް ނާސިރު އިން ޓަނޭޝަނަންލެގ އެކި އޮޕަރޭޝަންސްތަކަށޤ ބޭނުންވާ ތެޔޮ ފޯރުކޮށްދީފައިވަނީ އެސްޓޯއިންނެވެ. އެ ކުންފުނިން ބުނީ އެސްޓީއޯއާއި އެކު އެގްރިމެންޓް އާ ކުރީ ތަޖުރިބާއަށް ބަލާފައި ކަމަށެވެ.
މި އެއްބަސްވުމަކީ 93 މިލިއަން ޑޮލަރުގެ އެއްބަސްވުމެކެވެ. އެއްބަސްވުމުގެ ދަށުން 1.2 މިލިއަން ބެރަލްގެ ތެޔޮ އެސްޓީއޯއިން އެމްއޭސީއެލްއަށް ފޯރުކޮށްދޭނެ އެވެ.
އެސްޓީއޯއިން ބުނީ މިފަދަ އެއްބަސްވުމެއް ބޭރުގެ ކުންފުންޏަކާއި އެކު ވުމުގެ ބަދަލުގައި ދިވެހި ކުންފުންޏަކާއި އެކު ވުމުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ. އެގޮތުން ތެލުގެ އަގު އެއް އަގެއްގައި ހިފެހެއްޓޭނެކަމަށް އެ ކުންފުނިން ދެކޭކަމަށް އެސްޓީއޯއިން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް