ކޮކާކޯލާގެ ނަމުގައި ރީލޯޑްކޮށްދޭން އެދި ކުރާ ކޯލްތަަކަށް ސަމާލުވުމަށާއި އެފަދަ ފަރާތްތަކަށް ރީލޯޑް ނުކޮށްދިނުމަށް ކޮކާކޯލާއިން އެދެފި އެވެ.
އެ ކުންފުނިން ބުނީ މިފަހަކަށް އައިން އާންމުންގެ ފަރާތުން ރޯލޯޑުކޮށްދޭން އެދެމުންދާކަމަށް ބުނެ ކޮންމެ ދުވަހަކުވެސް އެފަދަ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.
ބައެއް ފަހަރު ދަރުބާރުގެއަށް ވަކި އެއްޗެއް ހިފާގެން ދިއުމަށް ވެސް އެބައެދޭ ކަމަށް އެ ކުންފުނިން ބުންޏެވެ. އެންމެ ފުރަތަމަ މި މައްސަލަ ފެށުނީ ކޮކާކޯލާ އަށް ރާއްޖޭގައި ވިޔަފާރި ކުރާތާ 25 އަހަރު ފުރުމުގެ ގޮތުން ކުރިއަށް ގެންދިއަ ޕްރޮމޯޝަނާއި ދިމާކޮށެވެ. މިހާރު އެ ޕްރޮމޯޝަން ވަނީ ނިމިފައެވެ.
ކޮކާލާގެ އިތުރުން އެހެން ބައެއް ކުންފުނިނަމުގަ ވެސް ގުޅާ ރީލޯޑްކޮށްދިނުމުން ބޮޑެތި އިނާމުތައް ލިބޭނެ ކަަމަށް ބުނެ ދަނީ ފޯން ކޯލް ކުރަމުންނެވެ. އޭގެތެރޭގައި އެމްޓީސީސީގެ ކަށަވަރު ޕްރޮމޯޝަންގެ ނަމުގައި ގުޅައިގެން ވެސް ވަނީ ފައިސާ ހޯދުމަށް ވަގު ކޯލްތަކެއް ކޮށްފައެވެ. އަދި ދިރާގުގެ ނަމުގަ އާއި ސައިކަލް ވިއްކާ ކުންފުނި ޝީޝާގެ ނަމުގައިވެސް ގުޅައެވެ.
މި މައްސަލަ ހައްލުކުުރުމަށްޓަަކައި ފުލުހުން މަސައްކަތްކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް